އެސްއީޒެޑްގެ ގޮތުގައި ޓައުންޝިޕް ތަރައްގީކުރެވޭ އިސްލާހު ތަސްދީގުކޮށްފި

ސްޕެޝަލް އިކޮނޮމިކް ޒޯނު (އެސްއީޒެޑް)ތަކަށް އިންވެސްޓުކޮށްގެން ލުއިތަކެއް ލިބޭ ގޮތަށް އެސްއީޒެޑް ގާނޫނަށް ފުރަތަމަ އިސްލާހު ގެނައުމުގެ ބިލު، ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވި އެ ބިލަށް މާބޮޑު ބަދަލެއް ނުގެނެސް، ބުދަދުވަހުގެ ޖަލްސާގައި ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުންގެ ތެރެއިން 46 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ބިލަށް ވޯޓު ނުދެއްވީ އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންގެ ތެރެއިން އެވަގުތު ތަޅުމުގައި ތިއްބެވި 10 މެންބަރުންނެވެ.އެ ބިލު ހުށައެޅުމުގެ ބޭނުމަކަށް އޮތީ، ސަސްޓެއިނަބަލް ޓައުންޝިޕްގެ ގޮތުގައި އެސްއީޒެޑް ކަނޑައެޅުމަށް މަގުފަހިކުރުމަށް ޓަކައި، އެ ޒޯނާގުޅޭ ޝަރުތުތަކާއި އުސޫލުތައް ބަޔާންކުރުމަށް ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުން ކަމަށެވެ.މުހިންމު ނުކުތާތައް:ސަސްޓެއިނަބަލް ޓައުންޝިޕް ތަރައްގީކުރުމުގެ ހާއްސަ ޝަރުޠުތަކުގެ ތެރޭގައި، ޒޯނުގައި ކުރާ އިންވެސްޓްމަންޓަކީ ފަސްސަތޭކަ މިލިއަން ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓަކަށް ވުންލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތައް ހިމެނޭހެން ތަރައްގީ ކުރެވޭ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓެއް، ޒޯނުގައި ގާއިމްކުރުންނުވަތަ ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތަކާއި ލަގްޒަރީ ރެސިޑެންޝަލް ފެސިލިޓީތައް ހިމެނޭހެން ތަރައްގީ ކުރެވޭ 'ލާޖް-ސްކޭލް ރިއަލް އެސްޓޭޓް' ޑިވެލޮޕްމަންޓެއް ޒޯނުގައި ގާއިމްކުރުންއެފަދަ ޒޯނުތަކުގައި ހަކަތަ އުފެއްދުމަށާއި ކުނި މެނޭޖުކުރަން ގާއިމްކުރާ އިންފްރާސްޓްރަކްޗާ ވަސީލަތްތަކަކީ 'ސެލްފް ސަފިޝަންޓް އިންފްރާސްޓްރަކްޗާ' ވަސީލަތްތަކަށް ވުންޒޯނު ހިންގަން ބޭނުންކުރާ ހަކަތައިގެ މަދުވެގެން %60 އަކީ އިޔާދަކުރަނިވި ހަކަތައަށް ވާން ޖެހޭނެމީގެ އިތުރުން މަޖިލީހުން ބިލުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު އިދިކޮޅުގެ ފާޑުކިޔުން އަމާޒުވި، އިންވެސްޓަރުންނަށް ލިބިދެވޭ ޓެކްސް ލުއިތައް ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ. އެގޮތުން:ސްޓްރާޓާ އުސޫލުން ދިގު މުއްދަތައް ވިލާތައް ވިއްކާފައި ދައްކަން ޖެހޭ ޕްރޮޕަޓީ ޓެކްސް ފުރަތަމަ ފަށާއިރު ވަރަށް ކުޑަކޮށް؛ އެއީ ފުރަތަމަ މުއަމަލާތުން %1، ދެވަނަ މުއާމަލާތުން %2 އަދި ތިން ވަނަ އަދި އޭގެ ފަހުން ކުރާ ކޮންމެ މުއާމަލާތަކުން %4އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ނަގާ ޓެކްސްއަށް ވެސް ލުއިދިނުމަށް ހިމަނާފައިވޭ؛ އެއީ، ފުރަތަމަ10 އަހަރަށް %5، އޭގެ ފަހުން20 ވަނަ އަހަރުގެ ނިޔަލަށް %10، އަދި 21 އަހަރު ފަހުން ނަގާނީ ގާނޫނުގައި އެހެން ހިދުމަތްތަކުންވެސް ޓެކްސް ނަގާ ރޭޓުންޒޯނުގައި ތަރަައްގީކުރުމަށްޓަކައި އެތެރެ ކުރާ ކެޕިޓަލް ގުޑްސްއަށް އިމްޕޯޓް ޑިއުޓީ ދެއްކުން އިސްތިސްނާ ވާނެޒޯނުގައި ތަރައްގީކުރާ ރެސިޑެންޝަލް ވިލާއެއް ނުވަތަ ކޮޓަރިއެއް ވިއްކައިގެން ލިބޭ ފައިދާއިން ޓެކްސް ނެގުން އިސްތިސްނާ ވާނެމި އިސްލާހަށް މިއަދު އަމަލުކުރަން ފަށާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ