މިއަދު ދުނިޔޭގަ ގިނައީ އޭނާގެ ފުރާނަ އޭނާގެ ހަށިގަނޑުދެކެ އިންތިހާއަށް ރުޅިއަންނަ މީހުން!

ތަނެއްގައި ބަންދުވާންޖެހުމުން ނަމަވެސް އޮކްސިޖަން ލިބުން މަދުވެއްޖެނަމަ މައްސަލަތައް ކުރިމަތިވެއެވެ. އޮކްސިޖަން ނުލިބިއްޖެނަމަ މަރުވެއެވެ. ފުރާނައަށް ބޭނުންވާ އޮކްސިޖަން ނުދިނަސް ޢުމުރުހަމަވަންދެން ދުނިޔޭގައި ހުންނާނެއެވެ. އެކަމަށް ކުރިމަތިލާންޖެހޭނީ މަރުވުމުންނެވެ.  
ދުނިޔޭގައި ދިރިހުރެވެނީ ނޭވާލެވިގެންނެވެ. ނޭވާލެވެނީ ހިތަށް އޮކްސިޖަން ލިބިގެންނެވެ. ހަމަ އެފަދައިން ތިބާގެ ފުރާނައަށްވެސް އޮކްސިޖަން ބޭނުންވެއެވެ. ގިނަ ބައަކަށް ވިސްނައި ނުލެވެނީ އެއީ ކޮން އޮކްސިޖަނެއް ކަމާއިމެދުގައެވެ. އެ އޮކްސިޖަނަކީ ނަމާދެވެ. އެއީ ވަރަށް ސާފުކޮށް އެނގެން އޮތް ކަމެކެވެ.  
ނަމާދުނުކުރާ މީހާގެ ފުރާނަ އަބަދުވެސް ވާނީ ރުޅިގަދަވެގެންވާ ޙާލުގައެވެ. އެހަށިގަނޑު ދެކެ އިންތިހާއަށް ރުޅި އަންނާނެއެވެ. ނަމަވެސް އެފުރާނައަށް އެކަމަށް ކުރެވޭނެ ކަމެއް ނެތުމުން ނުވަތަ އެފަދަ ބާރެއް އެފުރާނައަށް ﷲ ތަޢާލާ ދެއްވަވާފައިނުވާތީ ކެތްތެރިވަނީއެވެ.  
ޤިޔާމަތް ދުވަހު ފުރަތަމަވެސް ޙިސާބު ބައްލަވާނީ ނަމާދުގެކަން އެފުރާނައަށް އެނގެއެވެ. ފޭލްވެއްޖެނަމަ ސަލާމަތް ނުވެވޭނެކަންވެސް އެނގެއެވެ. އިތުރަށް ކުރި އެއްވެސް އަޅުކަމެއް ޤަބޫލުފުޅު ނުކުރައްވަވާނެކަމާއި ވަންނަން ޖެހޭނީ ނަރަކައަށްކަން އެފުރާނައަށް ރަނގަޅަށް އެނގެއެވެ.  
މައްސަލައަކަށްވަނީ މިކަންކަން އިންށާނާއަށްވެސް އެނގިހުރެމެ ނަމާދުކުރާކަމެވެ. ނަމާދަށް ފަރުވާކުޑަކުރެވޭ ކަމެވެ. ނަތީޖާއެއްގެ ގޮތުން ފުރާނައަށް ދޭންޖެހޭ އޮކްސިޖަން ނުދެވޭކަމެވެ. މިއީ މިއީ މީހަކަށް ލިބޭނެ އެންމެ ބޮޑު ދެރައެވެ.  
މިގޮތަށްވެސް ވިސްނައިލާށެވެ. ހިތަށް ބޭނުންވާ އޮކްސިޖަން ނުލިބޭނަމަ ހިތްހުއްޓި މީހާ މަރުވެއެވެ. އެކަމުގައި އޭނާގެ އަމިއްލަ އެއްވެސް ބާރެއް ނުހިނގައެވެ. ނަމަވެސް ފުރާނައަށް ދޭންޖެހޭ އޮކްސިޖަން ނުދެނީ އެމީހަކު އަމިއްލައަށެވެ. އެކަމަށް އޮތްޖަޒާއަކީ ނަރަކަކަން ވަރަށް ސާފުކޮށް އެނގެން އޮތްއިރުވެސްމެއެވެ.  
ވީމާ އަހުރެން ބުނާނީ އިންސާނާއަށް މުހިންމީ ހިތަށް ނުވަތަ ނޭވާލާން ބޭނުންވާ އޮކްސިޖަނެއް ނޫނެވެ. އެއަށްވުރެ ފުރާނައަށް ބޭނުންވާ އޮކްސިޖަންގެ މުހިންމުކަން މާބޮޑެވެ. ނަރަކައިން ސަލާމަތްވެވެން އޮތީ އެކަމުން ކަމަށްވާތީއެވެ!
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ