ތިނަދޫގައި އިމާރާތް ކުރަމުންދާ 200 ރޯ ހައުސްއަށް ކުރިމަތިލުމުގެ ފުރުސަތު އާދިއްތަ ދުވަހު ހުޅުވާލަނީ ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ޝަރުތު ހަމަވާ 5 ސިޔާސީ ޕާޓީއަށް ފައިސާ ދޫކޮށްފި ހުޅުމާލެ ފޭސް 2ގައި 2 މިސްކިތެއް އެޅުމަށް ބިން ހަވާލުކޮށްފި އަންހެނުންގ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތަކަށް މީޑިއާތަކުން މީގެ ކުރިންނުދޭހާ ބޮޑު ސަމާލުކަމެއް މިފަހަރު ދީފައިވާ ކަމަށް ބުނެ، މިހާރު މަޖިލީހުގައި އޮތް މީޑިއާތައް ރެގުލޭޓް ކުރުމާ ގުޅޭ ބިލް އަވަހަށް ފާސްކުރުމަށް ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާއީލް ނިޒާރު ރޭ ގޮވާލައްވައިފިއެވެ.
މި ނިމުނު އަހަރުގެ މާލީ ބަޔާން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުށަހަޅަން ޖެހޭ މުއްދަތު ފާއިތުވެގެން ދިޔަ އިރު ފަސް މެންބަރަކު މާލީ ބަޔާން ހުށަނަޅާ ކަމަށް ރިޕޯޓުކުރުމާ ގުޅިގެން އެކަމާއި ހިތްހަމަނުޖެހުންފާޅުކޮށް ނިޒާރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން އާއްމުކުރި މިއީ ފުރަތަމަ ފަހަރު ނޫން ކަމަށެވެ. ނަމަވެސް ބައެއް މީޑިއާތަކުން މީގެ ކުރިން ނުދޭހާ ބޮޑު ސަމާލުކަމެއް މިފަހަރުގެ މާލީ ބަޔާންތަކަށް މިދިނީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލީހުގެ ހުރިހާ މެންބަރުންގެ މާލީ ބަޔާން، އެ އޮންނަ އުސޫލުގެ ތެރެއިން އާއްމުކުރަމުންދާ ކަމަށާއި ގަވާއިދާއި އެއްގޮތަށް އަމަލުނުކުރާ މެންބަރުންނާމެދު މަޖިލީހުން ފިޔަވަޅު އަޅާނެކަމަށް ނިޒާރު ވިދާޅުވިއެެވެ. ނަމަވެސް މަޖިލީހުން މިފަދަ ފިޔަވަޅެއް ނާޅަނީސް މީޑިއާތަކުގައި ލިސްޓު ހަދާ އާންމުކޮށް ޝާއިއުކުރުން ނިޒާރު ވަނީ ކުށްވެރި ކުރައްވާފައެވެ.
މީގެ އިތުރުން ނިޒާރު ވަނީ ކޮމިޓީ މަރުހަލާގައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން ވިހާވެސް އަވަސްކުރުމަށް ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ