ފުދުންތެރިންނާއި ފަގީރުން ހިމެނޭހެން، 7،500 ފުލެޓާއި 15،000 ގޯތި ދޫކުރަން އިއުލާންކޮށްފި
ރާއްޖޭގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުގެ ސިޔާސަތު "އެންމެނަށް ބޯހިޔާވަހިކަން" ސިޔާސަތު މިރޭ އިފުތިތާހުކޮށްފިއެވެ. މި ސިޔާސަތު އިފުތިތާހުކޮށްދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެ ސިޔާސަތުގެ ތެރެއިން މާލީ ގޮތުން ފުދުންތެރި މީހުންނަށް ހައުސިން ޔުނިޓާއި ގޯތި ގަތުމުގެ މަގުފަހި ކުރުމަށާއި މެދު ފަންތީގެ އާއިލާތަކަށް ހެޔޮ އަގުގައި، ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެފޯޑަބަލް ހައުސިންއަށް ޚާއްސަކޮށް ޕްރޮޖެކްޓުތައް ހިންގާނެއެވެ. އޭގެއިތުރަށް، އަމިއްލަ ބޯހިޔާވަހިކަމެއް ގަތުމުގެ ތަނަވަސްކަން ލިބިފައި ނެތް މީހުންނަށް "ރެންޓް ޓު އޯން" މޮޑެލްގެ ދަށުން ބޯހިޔާވަހިކަން ލިބޭނެ ގޮތާއި، ދިރިއުޅޭނެ ތަނެއް ނެތް އާއިލާތަކަށް ސަރުކާރުން ހަދާ އެސެސްމަންޓެއްގެ ތެރެއިން ބޯހިޔާވަހިކަން ލިބޭ ގޮތް ހަމަޖެހޭނެއެވެ. މި ސިޔާސަތުގެ ދަށުން މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭތާ 15 އަހަރުވީ މީހުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދޭނެއެވެ. ތަފުސީލް އަންނަނީ..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ