މާލެ ސަރަހައްދުގައި ކުނި އުކާލާ ގަޑިތަކަށް ބޮޑު ބަދަލެއް ގެންނަނީ ވެމްކޯއިން ކުނި ނަގަމުންދާ ގަޑިތަކަށް ބަދަލު ގެންނަނީ މަގުމައްޗަށް ކުނި އަޅާ މީހުންގެ ފޮޓޯ އަދި ވީޑިއޯ ފޮނުވޭނެ ނިޒާމު ގާއިމުކޮށްފި ހުޅުމާލެއިން 700 ޓަނުގެ ކުނި ނަގައިފި މަގުބޫލު ލިޔުންތައް

ގއ. ދިޔަދޫގައި ގާއިމުކޮށްފައިވާ ވެމްކޯގެ ސައިޓުގައި މަސައްކަތްކުރާ މުވައްޒަފަކު، ޑީސަލް ހަމަކުން ތެޔޮ ނަގަން އުޅުމުގެ ތެރޭގައި ޑީސަލް ބޮވި، ހާލު ސީރިއަސްވެގެން އައިޖީއެމްއެޗުގެ ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފިއެވެ. އެ މުވައްޒަފު މަސައްކަތް ކޮށްފައިވަނީ އަނގައިން ދަމައިގެން ހޮޅި މެދުވެރިކޮށް ހަމުން ތެޔޮ ނެގުމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހޮޅި ބޭނުންކޮށްގެން ތެޔޮ ނަގަން އުޅުމުގެ ތެރޭގައި މުވައްޒަފަށް ޑީސަލް ބޮވި، ފުއްޕާމެޔަށް އެޅުނީއެވެ. މިކަމުގެ ސަބަބުން ނޭވާލާން އުނދަގޫވެ، އޭނާއަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ގއ. ވިލިނގިލީ ހޮސްޕިޓަލުގައެވެ. ނަމަވެސް އޭނާގެ ހާލު އިތުރަށް ގޯސްވުމާ ގުޅިގެން އިތުރު ފަރުވާއަށް މިހާރު ވަނީ މާލެ ގެނެސް އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ.
އައިޖީއެމްއެޗުގައި އެ މުވައްޒަފަށް މި ވަގުތު ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ. އޮފިޝަލުން ބުނި ގޮތުގައި ވެންޓިލޭޓަރުގައި އޮތް ނަމަވެސް އޭނާގެ ހާލު މިހާރު ސްޓޭބަލްއެވެ. މަސައްކަތުގެ މާހައުލުގައި މިފަދަ ނުރައްކާތެރި ހާދިސާއެއް ހިނގާފައިވާއިރު، ދާދި ފަހުން ސްޓެލްކޯގެ މުވައްޒަފަކު ވެސް ވަނީ މަސައްކަތުގައި އުޅެނިކޮށް ހިނގި ހާދިސާއެއްގައި ނިޔާވެފައެވެ.
ވަޒީފާގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާ ގުޅޭ ގޮތުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ