އޭދަފުށީ މުހައްމަދު އަލީ އަވަހާރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ބ. އޭދަފުއްޓަށް ގިނަގުނަ ހިދުމަތްތަކެއް ކުރެއްވި މުހައްމަދު އަލީ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭދަފުއްޓަށް ގިނަ ހިދުމަތްތަކެއް ކުރެއްވި މުހައްމަދު އަލީ އަވަހާރަވުމުގެ ހިތާމައިގައި އެ އާއިލާއަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި މުހައްމަދު އަލީއަކީ އޭދަފުށީގެ ތަރައްގީއަށް އެ ރަށުގައި ވިޔަފާރިއާއި ދަތުރުފަތުރާއި މަސްވެރިކަން ކުރިއެރުވުމަށް ނަމޫނާ މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އަދި އިޖްތިމާއީ ކަންކަމަށް، ވަކީން ޚާއްސަކޮށް މިސްކިތް ބިނާކުރެއްވުމާއި އިސްލާމް ދީނަށް ޚިދުމަތް ކުރެއްވުމަށް މުޅި ރާއްޖެއަށް ނަމޫނާ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މުހައްމަދު އަލީގެ ފުރާނަފުޅަށް މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލެހެއްޓެވުން އެދި ދުއާ ދަންނަވައިފައެވެ.
ބ. އޭދަފުށީގައި އެންމެ ރީތި މިސްކިތް ބިނާކޮށްދެއްވި އުމުރުން 91 އަހަރުގެ މުހައްމަދު އަލީ ނިޔާވީ އިންޑިއާގައި ސިއްހީ ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
މުހައްމަދު ނިޔާވިއިރު، އުޅުއްވީ، މުސްކުޅި ބަލީގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ