ރަމަޟާން މަހުގެ އުމްރާގެ އަޅުކަން އަދާކުރަން ދިޔުމުގެ ފުރުސަތު ދެ މީހަކަށް ލިބޭ ޕްރޮމޯޝަނެއް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ލޮލުގެ ފަރުވާ ދޭ، އައިކެއާ އޮޕްޓިކަލްސް އިން ފަށައިފި އެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން ޖެނުއަރީ 2026ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި އައިކެއާގެ ކޮންމެ އައުޓްލެޓަކުން 1,000 ރުފިޔާ ނުވަތަ އެއަށްވުރެ ގިނައިން ހަރަދުކުރާ ކަސްޓަމަރުންނަށް މި ގުރުއަތުގައި ބައިވެރިވެވޭނެ އެވެ.
ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތު ހޮވޭ ފަރާތަކަށް ލިބޭ ދެ މީހެއްގެ އުމްރާ ދަތުރުގެ އިންތިޒާމުތައް ހަމަޖައްސާނީ، އައިކޭއިން ބުނި ގޮތުގައި އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ލިބިފައިވާ ރާއްޖޭގެ ކުންފުންޏެއް މެދުވެރިކޮށެވެ.
މި ޕްރޮމޯޝަން ނިމުމުން ނަސީބުވެރިޔަކު ހޮވުން އޮންނާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާގަ އެވެ. ނަސީބުވެރިޔަކަށް ހޮވޭ ފަރާތަށް ލިބޭ އުމްރާ ދަތުރުން އެހެން ފަރާތަކަށް ބަދަލު ނުކުރެވޭނެ ކަމަށް ވެސް އައިކެއާއިން ބުނެ އެވެ.
މި ގުރުއަތުގައި އައިކެއާގެ މުވައްޒަފުންނާއި، އެމީހުންގެ އާއިލާގެ މީހުންނާއި، ފަތުރުވެރިންނާއި، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ބައިވެރިނުވެވޭނެ ކަމަށް އައިކެއާއިން ބުނެ އެވެ.
ލަކީ ޑްރޯގެ އިތުރުން ބައެއް ބްރޭންޑްތަކުން 30 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ވެސް ވަނީ ފަށައިފަ އެވެ. އަދި 3،000ރ. އަށްވުރެ މަތިން ހައްދާ ކޮންމެ އައިނަކާއެކު، އާއިލާ އާއި ރައްޓެހި ރަހްމަތްތެރިންނަށް ހަދިޔާ ކުރެވޭ 500ރ. ގެ ގިފްޓް ވައުޗަރެއް ވެސް ލިބެ އެވެ.
އައިކެއާގެ ހިދުމަތް 2003 ފެށީ ފެންވަރު ރަނގަޅު ލޮލުގެ ފަރުވާ އަގުހެޔޮކޮށް ލިބޭނެ މަގު ފަހިކޮށް ދިނުމުގެ މަގުސަދުގަ އެވެ. ފާއިތުވި 22 އަހަރު ތެރޭގައި އެ ހިދުމަތް ފުޅާކޮށް، އެންމެ ފަހުން އައިކެއާ ހޮސްޕިޓަލު އުފައްދައި، ޒަމާނީ ވަސީލަތްތަކާއެކު އެތަނުން ލޮލުގެ ގިނަ ފަރުވާތަކެއް ދެ އެވެ.
ދެ މީހަކަށް ރަމަޟާން މަހުގެ އުމްރާ ދަތުރެއް ލިބުމުގެ ފުރުސަތު އައިކެއާއިން ހުޅުވާލައިފި ދެ މީހަކަށް ރަމަޟާން މަހުގެ އުމްރާ ދަތުރެއް ލިބުމުގެ ފުރުސަތު އައިކެއާއިން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ