އޭނާއަކީ 3 ދަރިން ބަލާ އެކަނިވެރި މައެކެވެ. ވަޒީފާ ގެއްލުމުން އަތުގައި ހުރި ފައިސާކޮޅު ޚަރަދުކުރަމުން ގޮސް އެކުގައި ހުސްވި ދުވަހެވެ. މަޣްރިބް ނަމާދުކޮށްލައިގެން ނުކުމެ ގޭދޮރުމަތީގައި ހުރެ ދެއަތް އުފުލައި ދުޢާކުރިއެވެ. "ޔާ ﷲ! އިނބަ ﷲ އަޅަމެން 4 މައިންގެ ޙާލު މޮޅަށް ދެނެވޮޑިގެންވަމުއެވެ. އަޅަމެން 4 މައިން ނިކަމެތި ނުކުރައްވަވާނދޭވެ! އާމީން
އެދުޢާގެ އަޑު އަވަށްޓެރިއަކަށް އިވުނެވެ. އޭނާއަކީ ތަނަވަސް މީހެކެވެ. ވަރަށް ބޮޑު ޖާހިލެކެވެ. ނުކުރާ ނުބައިކަމެއް ނުއޮވެއެވެ. އޭނާ ވިސްނީ މިއަންހެން މީހާ މަގުފުރައްދައިލާނެ ގޮތަކަށެވެ.
ފުރަތަމަ ކަމަކަށް ކުރިމކަމަކީ ހަމައެރޭ ފިހާރައަކަށް އޯޑަރުކޮށްގެން މަހެއްހައި ދުވަހު 4 މައިންނަށް ކައިބޮއި ހެދޭނެތަކެތި ފޮނުވައި އެގޭގެ ދޮރުމަތީގައި (އަސްކަނިދޮށުގައި) ބެހެއްޓީއެވެ. ދެން ކުރިކަމަކީ ތަނަވަސް މީހަކަށް އޭނާ ދައްކައިގެން ކައިވެނިކުރުވީއެވެ.
ދެމީހުން އުފަލުގައި އުޅެން ފެށުމުން ގޮސް ބުންޏެވެ. "ތިއަކުރާ ނަމާދާއި ދުޢާއިން ކުރަނީ ކޮން ފައިދާއެއް ހެއްޔެވެ؟ ކަލޭގެ ގޭގެ ދޮރުމަތީގައި ކާބޯތަކެތި ބެހެއްޓީ އަހުރެންނެވެ. ކައިވެނިކުރާނެ މީހަކު ހޯދައިދިނީވެސް އަހުރެންނެވެ. ދެންވެސް އަހުރެން ބުނާ ގޮތަކަށް އުޅޭށެވެ!"
އަންހެން މީހާ ވަޤުތުން ދެއަތް އުފުލައި ދެންނެވިއެވެ! "ޔާ ﷲ! އިނބަ ﷲ ގެ ބާރުފުޅުގަދަކަމާއި މަތިވެރިކަން ބޮޑުކަމާއިއެވެ! މިއަޅާގެ ދުޢާ ޢިޖާބަ ކުރައްވަވަން ތިއަ މެދުވެރިކުރެއްވެވީ މިހިރަ ނުބައި ނުލަފާ ޖައްބާރެވެ! އެކަމުން އެނގެނީ އެންމެ ނުބައި ޖައްބާރުންނަށްވެސް އިނބަ ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވާން ޖެހޭ ކަމެވެ!"
އައި ރުޅީގައި އެމީހާ އޭނާގެ އެކުވެރިޔާއަށް (އަންހެން މީހާގެ ފިރިމީހާއަށް) ބުންޏެވެ. "އޭނާ ދައްކައި ކައިވެނިކުރަން ބުނީ އަހަރެން ނޫންހެއްޔެވެ؟ ހަަމމިހާރު ވަރިކުރާށެވެ!" ޖަވާބުގައި އޭނާ ބުންޏެވެ! "އަހަރެން 4 ކައިވެނިކުރިއިރުވެސް މިވަރުގެ ހެޔޮލަފާ އަންހެނަކު ނުފެނެއެވެ. އަހަރެން އޭނާ ވަރިކުރާނެ ގޮތެއް އެއީ ނެތް ގޮތެކެވެ!"
އެނުލަފާ މީހާއަށް ބުނެވުނެވެ! "އަހަރެން އަމާންދީފީމެވެ! މާތް ﷲ ގެ މަތިވެރިކަން ޤަބޫލުކުރެވިއްޖެއެވެ. އަހުރެންނަށް ތެދުމަގު ދައްކައިދޭން ދެމަފިރިންވެސް މަސައްކަތްކޮށްދޭށެވެ!"
މީސްތަކުންނޭވެ! މިހުރީ ހަމަ މިއަދުވެސް ކަންކަން ހިނގަމުންދާ ގޮތެވެ. ކިތަންމެ ދަތިޙާލެއް ކުރިމަތިވިޔަސް ﷲ ތަޢާލާގެ މަގުގައި ޘާބިތުވެލައި ދުޢާކުރާށެވެ! ލައްވަވާނެ ރަޙްމަތް ވަޒަންކުރަންވެސް ނުއެނގޭނެއެވެ.
ނިކަން ވިސްނައިލަބަލާށެވެ! ބޮޑު ޖައްބާރަކު އޭނާއަށް އެހީތެރިވީ އޭނާގެ ހިތުގައި ﷲ ތަޢާލާއަށް އޮތް ލޯބި ކަނޑުވައިލުމުގެ ބޭނުމުގައެވެ. ކަންތައް ނިމިގެންދިއައިރު އަނަްހެންމީހާ ދުޢާކުރި ބޭނުން އެންމެ ފުރިހަމައަށް ފުދިފައެވެ. ޖައްބާރަށް އެވަނީ ތެދުމަގު ފެނިފައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
- ޢިބްރަތްތެރި ވާހަކަ
ކިޔާލުން ފައިދާކުރާނެ އަގުހުރި ފިލާވަޅެއް!: އެކަނިވެރި މައަކު އަތުގައި އެއްވެސް އެއްޗެއް ނެތިގެން ދުޢާކުރީމާ ބޮޑު ޖައްބާރަކު މެދުވެރިކުރައްވަވައި ލެއްވެވި ބޮޑު ރަޙްމަތުގެ ވާހަކަ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ