އެމްޑީޕީ އާއި ޑިމޮކްރެޓްސް މިއަދު ހަވީރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަނީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ދަ ޑިމޮކްރެޓްސް މިއަދު ހަވީރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.
އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ގުޅިގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން މިއަދު 04:00 ޖަހާއިރު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މީޑިއާތަކަށް ވަނީ ދައުވަތުވެސް ފޮނުވާފައެވެ. އަދި ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ޗަމްޕާ ސެންޓްރަލް ހޮޓަލުގައެވެ.
"ތޭވީސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީ އާއި ޑިމޮކްރެޓްސް މިއަދު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމަކީ އެ ދެ ޕާޓީން ފާއިތުވެދިޔަ ދުވަސްތަކުގައި ކުރި މަޝްވަރާތަކުގެ ތަފްސީލް ހާމަކުރަން ބާއްވާ ބައްދަލުވުމެކެވެ. އަދި ދެ ޕާޓީން މަޝްވަރާކުރީ އަންނަ ރައްޔިތުންގެ މަޖިލީހުގެ އައު ދައުރުގައި އެކުގައި މަސައްކަތް ކުރުމަށް ކަމަށްވެސް މައުލޫމާތު ލިބެއެވެ.
މިއީ ޑިމޮކްރެޓްސް އުފެދުނު ފަހުން އެމްޑީޕީ އާއި އެ ޕާޓީ ގުޅިގެން މަސައްކަތް ކުރާނެ ފުރަތަމަ ފަހަރު ކަމަށްވާއިރު، މިއަދު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމަކީވެސް ދެ ޕާޓީން ފުރަތަމަ ފަހަރަށް ގުޅިގެން ބާއްވާނެ ނޫސްވެރިންގެ ބައްދަލުވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ