ބާރު ގުގުރިއާއެކު ހޮނު އަޅާ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެ

ދެތީން ފަހަރަކު ގަދަ ވިރުވަރާ އެކު ބާރުގަދަ ގުގުރި ޖެހި އެވެ. އަދި މައްޗަންގޮޅީގެ ސަރަހައްދަކަށް ހޮނު އެޅި ކަމަށް ވެ އެވެ. މިހާރު މުޅި އެ ސަރަހައްދުން ވަނީ ކަރަންޓް ކެނޑިފައެވެ.
ބާރު ގުގުރިއާއެކު ހޮނު އަޅާ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެ އެވެ.
މާލެ ސަރަހައްދުގެ މޫސުން މިއަދު ހަވީރުން ފެށިގެން ގޯހެވެ. މިރޭ ދިހައެއް ޖެހި ފަހުން ކުއްލި ގޮތަކަށް ވަރަށް ބޯކޮށް ވާރޭވެހެން ފެށި އެވެ.އަދި ދެތީން ފަހަރަކު ގަދަ ވިރުވަރާ އެކު ބާރުގަދަ ގުގުރި ޖެހި އެވެ. އަދި މައްޗަންގޮޅީގެ ސަރަހައްދަކަށް ހޮނު އެޅި ކަމަށް ވެ އެވެ. މިހާރު މުޅި އެ ސަރަހައްދުން ވަނީ ކަރަންޓް ކެނޑިފައެވެ.ކަރަންޓް ކުންފުނި -- ސްޓެލްކޯ އިން ވެސް ބުނީ މައްޗަންގޮޅީގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިފައިވާ ކަމަށެވެ. އަދި އެ ސަރަހައްދަށް ހޮޅު އެޅި ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށް ބުންޏެވެ. ކަަރަންޓް ދިނުމަށް ކުރަން ޖެހޭ މަސައްކަތް އެ ކުންފުނިން މިހާރު ވަނީ ފަށާފައެވެ.ބޯކޮށްވާރޭވެހުމާއި ގުޅިގެން މިހާރު ވަނީ ބައެއް ސަރަހައްދުތަކުގައި ފެން ވެސް ބޮޑުވެފައެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ