މަގުބޫލު ލިޔުންތައް ޒައީމާގެ ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވަނީ ދީލަތި އެހީއެއް! “ދާއިރާގެ ދިރުމަށް” ސްލޯގަން އާއެކު އެމްޑީޕީގެ ޕްރައިމަރީ ގައި ޞޮބާ ވާދަކުރައްވަނީ! އެމެރިކާގެ ވަރުގަދަ އޮޕަރޭޝަން ފެއިލްކޮށްލައި، ޔަމަނުން އިސްރާއީލުގެ ދެ ބޯޓަކަށް މިސައިލް

މި ސަރުކާރުން އައްޑޫ ސިޓީގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ‘އައްޑޫ ސިޓީ ބްރިޖުގެ’ މަސައްކަތަށް މިސްރުގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ އައްޑޫ ބްރިޖުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ މިސްރުގެ “ދަ އަރަބް ކޮންޓްރެކްޓާސް” ކުންފުނިން ކަމަށެވެ. އަދި މިދިޔަ ހަފްތާގައި ބޭއްވި އިކޮނޮމިކް ކައުންސިލް ބައްދަލުވުމުގައި މި ޕްރޮޕޯސަލާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން އައްޑޫ ބްރިޖާއި ގުޅިގެން ކުރަންޖެހޭ ސާވޭތައް އެ ކުންފުނިން ހިލޭ ސާބަހަށް ކޮށްދޭނެ ކަމުގެ އިޝާރާތެއްކޮށްފައިވާތީ، އެކަން އެގޮތަށް ކޮށްދޭން ތައްޔާރަށް ތިބި ކަމަށްވާ ނަމަ، އެކަމުގެ މަސައްކަތް މަޝްވަރާކޮށްގެން ކުރިއަށް ގެންދަން އިކޮނޮމިކް ކައުންސިލުން ނިންމާފައިވާކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.
ހިތަދޫ އާއި ހުޅުމީދު ގުޅާލާ ބްރިޖު އެޅުމުގެ މަސައްކަތަށް ބޭނުންވާ ސާވޭއަށް މި އަހަރުގެ ބަޖެޓުގައި 30 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ