ދަނގެތީ ބަނދަރުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

މި މަޝްރޫއުގައި 35،500 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި، 69،500 ކިއުބިކް މީޓަރުގެ ބަނދަރު ފުން ކުރުމާއި، 33،600 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި، 7،800 ކިއުބިކް މީޓަރުގެ ފަތާ ސަރަހައްދެއް ފުންކުރުން ހިމެނެ އެވެ.
އދ. ދަނގެތި ބަނދަރު މަޝްރޫއުގެ މަސައްކަތް ފަށަން ތައްޔާރު ވެއްޖެ އެވެ.
ދަނގެތި ބަނދަރުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. އެ ރަށު ބަނދަރުގެ މަސައްކަތަށް އިއްޔެ ވަނީ ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށެވެ.މި މަޝްރޫއުގައި 35،500 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި، 69،500 ކިއުބިކް މީޓަރުގެ ބަނދަރު ފުން ކުރުމާއި، 33،600 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި، 7،800 ކިއުބިކް މީޓަރުގެ ފަތާ ސަރަހައްދެއް ފުންކުރުން ހިމެނެ އެވެ. އަދި 675 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 389 މިޓަރުގެ އެއްގަމު ތޮށިލުމާއި، 35 މީޓަރު ދިގު ހަ މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް އެޅުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ކޮންކްރީޓް ރޭމްޕެއް އެޅުމުގެ މަސައްކަތް ހިމެނެއެވެ.މި މަޝްރޫއުއަކީ 71.16 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ