މިއަދު ހަވީރު 6-4 އަށް މާލޭގައި ހިނގާފައި އުޅެން ނެރުނު ޓްރެފިކް ނޯޓިސް ކެންސަލްކޮށްފި

މިއަދު ހަވީރު 6-4 އަށް މާލޭގައި ހިނގާފައި އުޅެން ނެރުނު ޓްރެފިކް ނޯޓިސް ކެންސަލްކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ޓްރެފިކް ނޯޓިސް ކެންސަލްކޮށްފައިވަނީ މިނިވަންދުވަހުގެ މުނާސަބަތުގައި މާލޭގައި މިއަދު ބޭއްވުމަށް ތާވަލްކުރެވިފައިވާ މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސްގެ ޝަރަފުގެ ހިނގާލުން، މޫސުން ތަންނުދިނުމުގެ ސަބަބުން ފަހުގެ ތާރީޚަކަށް ފަސްކުރުމާ ގުޅިގެން ކަމަށެވެ.
މިއަދު ހަވީރު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން ވެސް ވަނީ މަނާ ކޮށްފައިވަނީ ބޮޑެތި މަގުތަކުގައި ހިނގާލުން ކުރިޔަށްދާ ވަގުތު މާލޭގެ ޓްރެފިކް ކޮންޓްރޯލު ކުރުމަށް އުނދަގޫވާނެތީ ކަމަށެވެ.
މިނިވަން ދުވަހުގެ ޝަރަފުގެ ހިނގާލުން ދެން ބާއްވާނެ ތާރީޚެއް އަދި ސިފައިން ހާމައެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ