ދިވެހިންގެ ބަޔަކާ ގުޅިގެން ޕާކިސްތާނު މީހަކު އެތެރެކުރަން އުޅުނު 2.1 މިލިއަނުގެ ޑްރަގް އަތުލައިގެންފި

މަސްތުވާތަކެތި ހުރި ފޮށި ހަވާލުކޮށްފައި ވަނީ މި މައްސަލައިގައި މިހާރު ހައްޔަރުކޮށްފައިވާ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ. ދެން މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެކެވެ.
ޕާކިސްތާނު މީހަކު އަބޫދާބީ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 2.1 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
މިމަހުގެ 24 ވަނަ ދުވަހު އެ ތަކެތި އެތެރެކުރަން އެމީހާ އުޅުނީ ދިވެހިންގެ ބަޔަކާ ގުޅިގެން ކަމަށް މޯލްޑިވްސް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ. އެ އިދާރާއިން މިއަދު ބުނީ، ޕާކިސްތާނު މީހާ އަތުން ފެނިފައި ވަނީ 2.12 ކިލޯގެ ހެރޮއިން ކަމަށެވެ. މި މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ހިންގައިފަ އެވެ. މި އޮޕަރޭޝަނުގައި އެ ފޮށި އެމީހާ ހަވާލުކުރަނީ ކާކާތޯ ބަލާފައިވެ އެވެ. މަސްތުވާތަކެތި ހުރި ފޮށި ހަވާލުކޮށްފައި ވަނީ މި މައްސަލައިގައި މިހާރު ހައްޔަރުކޮށްފައިވާ 25 އަހަރުގެ ދިވެހި ފިރިހެނެކާ އެވެ. ދެން މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެކެވެ. މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ޕާކިސްތާނު މީހާ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.އެމީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިއުމުން ފޮއްޓާ ހަވާލުވި މީހާ ބުނެފައި ވަނީ އޭނާ އެ ފޮއްޓާ ހަވާލުވީ އޭނާގެ ރައްޓެއްސެއް ބުނެގެން ކަމަށެވެ. އަނެއް މީހާ ބުނެފައި ވަނީ އެތަނަށް ދިޔައީ ރައްޓެއްސެއްގެ ސައިކަލު ހުއްޓުނު ވާހަކަ ބުނެގެން ކަމަށެވެ.ފުލުހުން މިއަދު ބުނީ މި ތިން މީހުން ވެސް 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. މި މައްސަލަ ތަހުގީގު ކުރަމުންދާއިރު، މިކަމުގައި އިތުރު ދިވެހިން ވެސް ޝާމިލްވާކަން ތަހުގީގަށް ފާހަގަވެފައިވާ ކަމަށެވެ. ނަމަވެސް މައްސަލައިގެ ކުރީކޮޅުކަމުން، އިތުރު މައުލޫމާތު ހިއްސާކޮށްފައެއް ނުވެ އެވެ.މިހާދިސާގެ މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނެފައި ވަނީ މިފަދަ ކަންކަމުގައި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިން ބައިވެރިވާ ކަމަށެވެ. އެމީހުން ބޭރުގައި ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވާ ކަމަށެވެ. އެކަން ހުއްޓުވުމަށް އިންޓަޕޯލާއި ގައުމުތަކާ ގުޅިގެން ރާއްޖޭގެ ގާނޫނުތައް ހަރުދަނާކޮށް، ފިޔަވަޅު އެޅޭނެ ގޮތްތައް ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ