ސިއްޙީ ދާއިރާ ކުރިއެރުވުމަށް ކޮރެއާއެކު މަޝްވަރާކޮށްފި

ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް، ކޮރެއާގެ ހެލްތް އެންޑް ވެލްފެއަރގެ ވައިސް މިނިސްޓަރ ޕާކް މިންސޫއާއެކު ހެލްތް މިނިސްޓަރު އަހްމަދު ނާޒިމް މަޝްވަރާކުރައްވައިފިއެވެ.
ހެލްތް މިނިސްޓްރީން ބުނިގޮތުގައި މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ސިއްހީ ދާއިރާގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
މިނިސްޓަރު ނާޒިމް ކޮރެއާގެ ހެލްތް އެންޑް ވެލްފެއަރގެ ވައިސް މިނިސްޓަރ ޕާކް މިންސޫއާ ބައްދަލުކުރައްވާފައި މިވަނީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ 156 ވަނަ އެގްޒެކެޓިވް ބޯޑު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ސްވިޒަލޭންޑުގެ ޖެނީވާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
ހެލްތު މިނިސްޓްރީން މީގެ ކުރިން ބުނީ މި ފަހަރުގެ ބައްދަލުވުމުގެ ހަވާސާގައި ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ދޭދޭ ޤައުމުތަކާއެކު ބައްދަލުވުންތައް ބޭއްވުމަށް ރާވާފައިވާ ކަމަށާއި، މި ބައްދަލުވުންތަކުގައި ޞިއްޙީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި އާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތަށް އަދި ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ