ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރުން ޓާމިނަލް ހުޅުވުމުގެ ކައުންޓްޑައުން ރޭ ރަސްމީކޮށް ފަށައިފި އެވެ.
ވީ ކިހިނެއް؟ - މި ކައުންޓްޑައުން ފެށުމުގެ ރަސްމިއްޔާތު ފަށައިދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް މުހައްމަދު ޝަރީފެވެ.
ތަފްސީލް - އާ ޓާމިނަލް ޖުލައި 26އަށް ހުޅުވަން މަސައްކަތް ނިންމާފައިވާއިރު އެމްއޭސީއެލްއިން ބުނީ:
ކައުންޓްޑައުންއެއް ފެށީ އެއީ ރާއްޖޭގެ ފަތުރުވެރިކަމާއި އިގްތިސާދަށް އާ ދިރުމެއް ގެނެސްދޭނެ ހާއްސަ ފާހަގަކޮށްލެވޭ މަޝްރޫއަކަށްވާތީ ކަމަށް
އެ މަޝްރޫއަކީ ގައުމީ ފެންވަރުގައި ފާހަގަކުރެވޭނެ މަޝްރޫއެއް ކަމަށް ވެސް ބުނި
ކައުންޓްޑައުން ފެށީއިރު ބާކީ އޮތީ 35 ދުވަސް
ކައުންޓްޑައުން ބަހައްޓާފައި ވަނީ އެއާޕޯޓުގެ ލަފާ ޖެޓީ މަތީގަ އެވެ.
އާ ޓާމިނަލް ހުޅުވުމުގެ ތައްޔާރީތައް އެމްއޭސީއެލްއިން ކުރަމުން އަންނައިރު ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރާ ގުޅޭ ރާއްޖޭގެ ފަރާތްތަކާ އެކު އެމްއޭސީއެލްއިން އަންނަނީ ބައްދަލުވުންތައް ބާއްވަމުންނެވެ. އަދި ބައެއް ފަރާތްތަކަށް އާ ޓާމިނަލް ދައްކާލާފައިވެ އެވެ.
ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކުރީ މެއި 2016ގައި
އެ ކުންފުނިން އެ މަސައްކަތް ކުރަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްގެން
350 މިލިއަން ޑޮލަރު (5.3 ބިލިއަން ރުފިޔާ): ފުރަތަމަ ލަފާކުރި އަދަދު
600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ): މިހާރު އަރާނެ ކަމަށް ލަފާކުރެވޭ އަދަދު
7.5 މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދެވޭ ވަރުގެ ޓާމިނަލެއް
40 ޑިޕާޗާ ގޭޓާއި 38 އިމިގްރޭޝަން ކައުންޓަރު
ފްލައިޓަށް އަރާފައިބަން އެއިރޯ ބްރިޖުތައް ގާއިމް ކުރާނެ
ފާހަގަކޮށްލެވޭ - ޓާމިނަލް ހުޅުވުމަށް ފަހު އޮގަސްޓް މެދާ ހަމައަށް އާ ޓާމިނަލް ބޭނުންކުރާނީ ހަމައެކަނި ގައުމީ އެއާލައިނުންނެވެ. އަދި އެއަށް ފަހު 10 އެއާލައިނެއް އާ ޓާމިނަލަށް ބަދަލު ކުރަން ވަނީ ނިންމާފަ އެވެ. އެގޮތުން:
ހުރިހާ އެއާލައިންތަކެއް އާ ޓާމިނަލަށް ބަދަލުކޮށް ނިމޭނީ ސެޕްޓެމްބަރަށް
ފުރަތަމަ ބޭނުންކުރާނީ 6 އެއޮތީ ހުރުމުން 3 ބުރިޖް
ފަށާއިރު ވެސް ލައުންޖު އަދި ޑިއުޓީފްރީ ފިހާރަތައް ކޮންމެވެސް ވަރަކަށް ހުންނާނެ
އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވަން ކައުންޓްޑައުންއެއް ފަށައިފި؛ ބާކީ 35ދުވަސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ