ކަޑެވާރެހާ، ހޯނޑެއްދޫގެ އިހުތިސާސުން ވަކިކޮށްފި
އިންޓަގްރޭޓެޑް ޓޫރިޒަމްގެ ބޭނުމަށް، ގދ. ކަޑެވާރެހާ އެ އަތޮޅު ހޯޑެއްދޫގެ އިހުތިސާސުން މިއަދު ވަކިކޮށްފި އެވެ.ރައީސް އޮފީހުން މިއަދު ބުނީ ރިޔާސީ ވައުދާ އެއްގޮތަށް، އިންޓަގްރޭޓަޑް ޓޫރިޒަމަށް ގދ. ކަޑެވާރެހާ ތަރައްގީކުރުމަށް އެ އަތޮޅު ހޯނޑެއްދޫގެ އިހުތިސާސުން އެ ފަޅުރަށް ވަކިކޮށް، ހޯނޑެއްދޫގެ އިހުތިސާސަށް ބަދަލު ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.ރައީސް މުއިއްޒު އެގޮތަށް ނިންމަވާފައި ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ބާރުގެ ދަށުން ނެރުއްވި ގަރާރެއްގަ އެވެ. ރައީސްގެ އެ ގަރާރު މިއަދު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝައިއުކޮށްފަ އެވެ.ހޯނޑެއްދޫގެ އިހުތިސާސަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓެއް އެ ގަރާރުގައި ހިމަނާފައިވެ އެވެ.ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް އެކި މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ރާވާފައިވެ އެވެ. އަދި އިގުތިސާދީ އާއި އިޖުތިމާއީ ބޭނުންތަކަށް މީހުން ދިރިއުޅޭ ރަށްރަށުގެ އިހުތިސާސްގައި ފަޅުރަށް މީގެ ކުރިން ހިމަނާފައި ވެސް ވެ އެވެ.ހޯނޑެއްދޫ ކައުންސިންގެ އިހުތިސޯސުން ކަޑެވާރެހާ ވަކިކުރި އިރު، ކަޑެވާރެހާ ގައި ޓޫރިސްޓު ރިސޯޓެއް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކޮށް ބިޑު ހުށަހެޅުމުގެ ފުރުސަތު މީގެ ކުރިން ހޯނޑެއްދޫ ކައުންސިލުން ވަނީ ހުޅުވާލައިފަ އެވެ. އެ ސަރަހައްދުގެ އެހެން ރިސޯޓުތަކާ އެއްއަގެއްގައި ކޮޓަރި ވިއްކައިގެން 70 އިންސައްތައިގެ އޮކިއުޕަންސީގައި އަހަރަކު 38 މިލިއަން ޑޮލަރު ލިބޭނެ ކަމަށާއި ސާފު ފައިދާއަށް 22.19 މިލިއަން ޑޮލަރުގެ އަދަދެއް ލިބޭނެ ކަމަށް ކޮންސެޕްޓް ކަރުދަހުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ