ކުލަސްޓަރ 3 ގައި ހިމެނޭ މާލެއަތޮޅާއި، އަރިއަތޮޅު އުތުރުބުރިއާއި، އަރިއަތޮލު ދެކުނުބުރިއާއި، ފެލިދެއަތޮޅާއި، މުލަކަތޮޅުގެ ބައެއް ރަށްތައް ދިއްލުމަށް ކުރަންޖެހޭ ޢަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށް އެ ކުލަސްޓަރއިން މަޢުލޫމާތު ދެއްވައިފިއެވެ.
ޑެޕިޔުޓީ މިނިސްޓަރ އިސްމާޢީލް ނާފިޢު ވިދާޅުވި ގޮތުގައި އއ. ރަސްދޫގައި ލައިޓް ހަރުކުރުމުގެ މަސައް މީގެ ދެތިން ދުވަސް ކުރިން ފެށިގެން އަންނަނީ ކުރަމުންނެވެ. ގާތްގަނޑަކަށް މަސައްކަތް މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ.
އދ. މަހިބަދޫގެ މަސައްކަތް މިއަދު ފެށޭނެ ކަމަށާއި، މުލީގެ މަސައްކަތް ލަސްވެގެން އަންގާރަދުވަހު ފެށޭނެ ކަމަށެވެ. އަދި ކ. ތުލުސްދޫއާއި، ފ. ފެލިދޫގެ މަސައްކަތް މިއަދު ފެށޭނެ ކަމަށް ނާފިޢު ވިދާޅުވިއެވެ.
ކުލަސްޓަރ 3 އިން މި އަހަރު އަލަށް ދިއްލުމަށް ހަމަޖެހިފައިވަނީ ކ. ކާށިދޫއާއި، ކ. މާފުށްޓާއި، އއ. ތޮއްޑޫއާއި، އއ. އުކުޅަހާއި، އދ. މާމިނގިއްޔާއި، އދ. އޮމަދޫއާއި، ވ. ފުލިދޫއާއި، ވ.ކެޔޮދޫއާއި، މ. މުލަކާއި އަދި މ. ކޮޅުފުށްޓެވެ.
އަލަށް ދިއްލާ ރަށްތައް ދިއްލުމަށް ބޭނުންވާ ލައިިޓާއި، ގިޑިގެއާއި އަދި ސައުންޑް ސްޕީކަރުތައް މިއަދު ރަށްރަށަށް ފޮނުވާ ގޮތަށް ވަނީ ހަމަޖެގިފައެވެ. ރަށްރަށް ޢީދަށް ދިއްލުމުގެ މަސައްކަތް ކުރިއަށް ދަނީ ކައުންސިލާއި، ފެނަކަ އަދި ސްޓެލްކޯގެ މުވައްޒަފުންގެ ވަރަށް ބޮޑު އެހީތެރިކަމާއެކުގައެވެ.
ޢީދަށް ދިއްލުމަކީ ކުޑަކުދިންނަށާއި، ޒުވާނުންނަށް އަދި ޢުމުރުން ދުވަސްވީ މީހުންނަށް ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާ ކަމެކެވެ. ޢީދު ދިއްލުން އަތޮޅުތެރޭގައި ފެށިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި މި ދިޔަ އަހަރެވެ.
ހަބަރު: ސަރުކާރު
ކުލަސްޓަރ 3 ގައި ހިމެނޭ ބައެއް ރަށްތައް ދިއްލުމުގެ މަސައްކަތްފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ