މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެދުރާއްޖެ ތެރެއަށް ރީނދޫ ސަމާލު ނެރެފި

މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެދުރާއްޖެތެރެއަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ ނ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށެވެ. އެ އިދާރާއިން މި ސަމާލު ނެރެފައިވަނީ މިރޭ 00:20 އިން ފެށިގެން ފަތިހު 04:00 އާއި ހަމައަށެވެ.
މެޓް އޮފީހުން ވިދާޅުވީ، މި ވަގުތުތަކުގައި ރީނދޫ ސަމާލު ނެރެފައިވާ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ބާރަށް ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށާއި ކަނޑުތައްވެސް ގަދަވާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ