މާލޭގައި ހުއްދަނެތި ސުލްހަވެރި އެއްވުން ބޭއްވޭ ތަންތަން އިތުރުކޮށްފި
ހުއްދަ ނެގުމަކާނުލައި، މާލޭގައި ސުލްހަވެރިކަމާއެކު އެއްވެ އުޅެވޭ ތަންތަން ހޯމް މިނިސްޓްރީން މިއަދު އިތުރުކޮށްފިއެވެ. ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިިނިވަންކަމުގެ ގާނޫނުގެ ދަށުން މިހާރު ހުއްދަ ހޯދުމެއް ނެތި އެއްވުން ބޭއްވެނީ ހަމައެކަނި ކާނިވަލުގައެވެ. އެއާއެކު ހޯމް މިނިސްޓްރީން މިއަދު ގެޒެޓުކުރި އިއުލާނުގައި ވަނީ އިތުރު ތަންތަން ކަނޑައެޅީ މިހާރު ކަނޑައަޅާފައިވަނީ އެންމެ ސަރަހައްދެއްކަމުގައިވާތީ، މާލޭގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ފުރުސަތު އިތުރަށް ފަހިކުރުމުގެ ގޮތުން ކަމަށެވެ. އެހެންވެ ދިވެހި ފުލުހުންގެ ޚިދުމަތުން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނެ ސަރަހައްދުތަކުގެ އަލަށް ކަނޑައަޅާފައިވަނީ: ރަސްފަންނު ސަރަހައްދު މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅި) އުސްފަސްގަނޑު ސަރަހައްދު އިހުތިޖާޖު ކުރެވޭ ތަންތަން އިތުރުކުރިއިރު ފާއިތުވި ހަފުތާއެއްހައި ދުވަހު މާލޭގައި ޒުވާނުން އަންނަނީ އިހުތިޖާޖުކުރަމުންނެވެ. އެ ޒުވާނުން އިހުތިޖާޖުކުރަމުން އަންނަނީ މާލޭ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު 21 އަހަރުގެ ޔުމްނު ރަޝީދުގެ މައްސަލައިގައި ފުލުހުން އަމަލުކުރާ ގޮތާމެދު ކަންބޮޑުވުން ފާޅުކޮށެވެ. މި އިހުތިޖާޖުކުރަނީ ހެންވޭރުގައި ހުންނަ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ކުރިމައްޗަށްވާހެން މަޖީދީ މަގުގައެވެ. އެ ސަރަހައްދުގައި ސިލްސިލާކޮށް އަޑުގަދަކޮށް އިހުތިޖާޖުކުރާތީ ފުލުހުން ރޭ ވަނީ އެ އިހުތިޖާޖު ރޫޅައިލައި ބާރުގެ ބޭނުންކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ