ހަނދުމަކޮށްދިނުމެއް!: ވުޞޫކޮށް ނިމުނު ފަހުން ހަށިގަނޑުގެ ތަނެއް ކަނޑައިގެން ގޮސްގެން ލޭ ނުވަތަ ދޮސް ފަދަ އެއްޗެއް ނިކުމެއްޖެ ނަމަ ވުޞޫ ގެއްލޭނެތޯ؟

ހަނދުމަކޯށްދިނުމުގެ ތެރެއިން މިގެނެސްދެނީ ބައެއް ކަންކަމާއި ގުޅިގެން ކުރެވޭ ސުވާލާއި އެސުވާލުތަކުގެ ބައެއް ޖަވާބުތަކެވެ. މިމަޢުލޫމާތުތަކަކީ އަބަދުވެސް ތާޒާކުރަންޖެހޭ މަޢުލޫމާތެވެ. މީހުން ދައްކާ ވާހަކަތަކަށް ބަރޯސާވުން ކުޑަކުރެވޭނީ ތިމާއަށް ރަނގަޅު މަޢުލޫމާތު ލިބިފައިވާނަމައެވެ.  
ވުޞޫކޮށް ނިމުނު ފަހުން ހަށިގަނޑުގެ ތަނެއް ކަނޑައިގެން ގޮސްގެން ލޭ ނުވަތަ ދޮސް ފަދަ އެއްޗެއް ނިކުމެއްޖެ ނަމަ ވުޞޫ ގެއްލޭނެތޯ ؟ 
ހަށިގަނޑުގައި ނުވަތަ ހެދުމުގައި ލޭ ހުރެއްޖެނަމަ ނަމާދު ޞައްޙަ ނުވާނެއެވެ. ނަމަވެސް ޖުމްހޫރު ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ކުޑަ މިންވަރަކަށް ލޭ ހުރިނަމަވެސް ނަމާދު ޞައްޙަވާނެއެވެ.
ކުޑަ މިންވަރަކީ އެބަޔެއްގެ ޢާދަކާދައިގާ ކުޑަ މިންވަރެއް ކަމަށް ކަނޑައެޅޭ މިންވަރެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ލޭ އޮހޮރޭނަމަ އެއީ ބޮޑު މިންވަރެވެ. ނުއޮހޮރޭނަމަ އެއީ ކުޑަ މިންވަރެވެ. والله أعلم. 
އިތުރު ސުވާލާ ޖަވާބު:  
ޕެންޝަން ސްކީމުގައި ބައިވެރިވެފައިވާ މީހަކަށް ގަނޑުކޮށް ލިބިފައިވާ ފައިސާ ޢުމްރާއަށް ދިއުމަށް ބޭނުން ކުރެވިދާނެތޯ؟ 
ޕެންޝަން ސްކީމުގައި ބައިވެރިވެފައިވާ މީހަކަށް ގަނޑުކޮށް ލިބިފައިވާ ފައިސާ ޢުމްރާއަށް ދިއުމަށް ބޭނުން ކުރެވިދާނެ އެވެ. والله أعلم  
ދަރީން އިސްލާހުކުރުމަށް ހަމަމަގަށް އެޅުވުމަށް އަދަބުވެސް ދެވޭނެވާހަކަ އަޑުއަހަމެވެ. އިސްލާމްދީނުގެ ހުދޫދުގެ ތެރެއިން މިކަން ކުރާނީ ކިހިނަކުން،  ކޮންގޮތަކަށް، ކިހާ މިންވަރަކަށްތޯ؟ 
ކުދިންނަށް އަދަބު ދިނުން އޮންނަނީ އެކުދިންނަށް އަނިޔާ ނުވާ ގޮތަށެވެ. والله أعلم 
ހަލާލް މުއާމަލާތެއް (ވިޔަފާރިއެއް) ކަމަށް ހީކޮށް ނޭނގި ހުރެ ކުރެވުނު ހަރާމް ވިޔަފާރިޔަކުން ލިބިފައިވާ ފައިސާ، ފަހުން އެ ކުރެވުނު މުއާމަލާތަކީ ހަރާމް ކަމެއްކަން އެނގުމުން އެކަން ހުއްޓާލައި އެވިޔަފާރިން އެހާތަނަށް ލިބިފައި ހުރި ފައިސާ އަމިއްލަ ކަމަކަށް ހަރަދު ކުރުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟ 
ޙަލާލު ނޫން ވިޔަފާރި އެއްކަން އެނގުމާއި އެކު އެކަމުން ދުރުހެލިވެ، ލިބިފައިވާ ފައިސާ މުޖްތަމަޢަށް ފައިދާ ހުރި ކަމެއްގައި ހޭދަކުރާށެވެ. ތިމާގެ އަމިއްލަ އެއްވެސް ކަމެއްގައި ހޭދަ ނުކުރާށެވެ. والله أعلم
 
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް  
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ