ކައުންސިލް އޮނިގަނޑަށް ބަދަލު އައުމުން އިންތިޚާބަށް ބަދަލު އަތުވެދާނެ: އީސީގެ ރައީސް
ކައުންސިލްތަކުގެ އޮނިގަނޑަށް ބަދަލެއް އައިސްފިނަމަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިޚާބު ކުރާ ގޮތަށް ބަދަލެއް އަތުވެދާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ރޭ ވިދާޅުވެއްޖެއެވެ. އެސްއެސްޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމުގައި ޒާހިދު ވިދާޅުވީ، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އޮނިގަނޑަށް ބަދަލު އަންނަކަމުގެ ވާހަކަތައް މީޑިއާ މެދުވެރިކޮށް އަޑުއިވޭ ކަމަށެވެ. އެ ބަދަލުތައް އަންނަކަން އެނގުމަކީ އިންތިޚާބަށް މީހުން ހޭލުންތެރިކުރުމަށް ކުރާ މަސައްކަތަށް ބޮޑު މައުލޫމާތަކަށް ވާނެ ކަމަށް ޒާހިދު ވިދާޅުވިއެވެ. މީގެ އިތުރުން، ލޯކަލް ކައުންސިލް އިންތިޚާބުގައި ކެންޑިޑޭޓުންނަށް އެންމެ ފަސޭހަކުރުމަށްޓަކައި ކެންޑިޑެސީ ޑިޖިޓަލްކޮށް ބަލައިގަންނަން ވިސްނާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ކައުންސިލްގެ އޮނިގަނޑަށް ގެންނަ ބަދަލުގެ ތެރެއަށް އީސީން ވަންނަން ބޭނުންނުވާ ކަމަށާއި އެކަންކަމަށް މަޖިލީހުން ގެންނަ ބަދަލަކާ އެއްގޮތަށް ކޮމިޝަނުން މަސައްކަތްތައް ތަރުތީބުކުރާނެ ކަމަށެވެ. އަޅުގަނޑަށް އޮނިގަނޑުގެ ވާހަކަދެއްކެނީ ހޭލުންތެރިކަން އިތުރުކުރާއިރު، ބަދަލެއް އަތުވެއްޖިއްޔާ އިންތިޚާބުކުރާ ގޮތްތަކަށް ތަފާތެއް އަތުވެދާނެތީ. މިސާލަކަށް ވޯޓު ކަރުދާސް ތައްޔާރުކުރާ ގޮތާއި ވޯޓުލާންދާ މީހުންގެ އަދަދާއި މިހެން ގޮސް ބައިވަރު ކަންތައްތަކެއް ހުންނާނެ، އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ރައްޔިތުންނަށް އެކަމުގައި ޒާހިދު ދެއްވި މެސެޖަކީ، އިންތިޚާބު އޮންނަ ދުވަހު އަމަލުކުރާ ގޮތަކަށް ބަދަލެއް ނާންނާނެ ކަމަށެވެ. ވޯޓުލާ ގޮތާއި އެކަމަށް ބޭނުންކުރާ ވަސީލަތްތަކާއި ވޯޓުގެ ނަތީޖާތައް އިއުލާނުކުރާ ގޮތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. އެއީ ރައްޔިތުން ބަލައިގެންފައި އޮތް ނިޒާމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުޑަ އާބާދީތަކަށް ކައުންސިލަރުންގެ އަދަދު މަދުކޮށް، ކައުންސިލްތަކުގައި އަންހެނުންގެ ނިސްބަތް އިތުރުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި: 2،000 މީހުންނަށް ވުރެ މަދު އާބާދީއެއްގައި ނަމަ ތިން ކައުންސިލަރުން، 2000އަށް ވުރެ އާބާދީ ގިނަ ނަމަ ފަސް ކައުންސިލަރުން ތިބޭ ގޮތަށް ކަނޑައެޅުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އަދަދު ވެސް އެފަދައިން ކަނޑައެޅުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސަކީ ސީދާ ވޯޓަކުން ހޮވާ ފަރާތެއް ކަމުގައި ކަނޑައެޅުން ސިޓީ ކައުންސިލަރުންގެ އަދަދު މިހާރު ހުރި މިންވަރަށްވުރެ އިތުރުނުވާނެހެން ހަމަޖެއްސުން ކައުންސިލްތަކުގައި އަންހެނުންނަށް ޚާއްސަކުރެވޭ އިންސައްތަ 33 ޕަސެންޓުން 40 ޕަސެންޓަށް މަތިކުރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ