އެމްއެންޔޫގެ ދަރިވަރަކަށް ކޮމަންވެލްތުގެ ޝަރަފުވެރި އެވޯޑެއް

ރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް އިންޖިނިއަރިން، ސައިންސް އެންޑް ޓެކްނޮލޮޖީ (އެފްއީއެސްޓީ)ގެ ދަރިވަރު މޫސާ މާހީ މުހައްމަދަށް 2025 ކޮމަންވެލްތު ކެމިސްޓްރީ ކޮންގްރެސްގައި ރޯޔަލް ސޮސައިޓީ އޮފް ކެމިސްޓްރީން ނެރޭ ޖާނަލް، އާރުއެސްސީ އެޑްވާންސްގެ ޕޯސްޓަރު ޕްރައިޒް ލިބިއްޖެ އެވެ.
ތަފްސީލް - މިއީ ކެމިސްޓްރީގެ ދާއިރާގައި ފާހަގަކޮށްލެވޭ ދިރާސާއަކާއި ސައިންޓިފިކް ކޮމިއުނިކޭޝަނަށް ދެވޭ ހާއްސަ އެވޯޑެކެވެ.
އަހަރަކު އެއް ފަހަރު ބާއްވާ ކޮމަންވެލްތު ކެމިސްޓްރީ ކޮންގްރެސްއަކީ ދުނިޔޭގެ ކެމިސްޓްރީގެ ދާއިރާގައި އަލަށް ފާހަގަކުރެވޭ އަދި މިހާރު ވެސް މަސައްކަތްކުރަމުން އަންނަ ފަރާތްތައް އެއްތަނަކަށް ޖަމާކޮށް، އެންމެ ފަހުގެ ދިރާސާތައް ހިއްސާކޮށް، އެކުގައި މަސައްކަތްކުރުމުގެ ފުރުސަތު ހޯދައިދޭ މުހިންމު ބައްދަލުވުމެކެވެ.
ބުނީ ކީކޭ؟ - އާރުއެސްސީ އެޑްވާންސުން މޫސާ މާހީގެ މަސައްކަތް ފާހަގަކުރުމުން ދައްކުވައިދެނީ، އެމްއެންޔޫން ބުނި ގޮތުގައި، އޭނާގެ ސައިންޓިފިކް ދިރާސާތަކާއި އީޖާދީ މަސައްކަތްތަކުގެ ފެންވަރު މަތިކަމެވެ.
"އަޅުގަނޑުމެންގެ ދަރިވަރަކަށް މިފަދަ ފާހަގަކޮށްލެވޭ ތަނެއްގައި ލިބުނު ކާމިޔާބީއާ މެދު ވަރަށް އުފާވޭ،" އެމްއެންޔޫން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ