މުއިއްޒަށް ގެރިގޮރު ލޯގަަނޑަށް ވެއްޓި ބަކަތެޅުން ނޫން ގޮތެއްނެތް!

ރައީސް މުއިއްޒު އިސްވެހުރެ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އިންޑިއާއަށް ނުގޮވާ ކުނިފުޅައެއް ނެތެވެ. ވެރިކަން ހޯދުމަށް މަސައްކަތްކުރުމުގައާއި ވެރިކަން ހޯދުމަށް ފަހުވެސް އިންޑިއާ އާއި ދެކޮޅަށް ރައީސް މުއިއްޒާއި އެނާގެ އައުވާނުން ނުކުރާކަމެއްނެވެ. ހުތުރުހާ ސިފަސިފައިގައި މޯދީގެ ސޫރާ ހަދައިގެން ފުރައްސާރަ ކުރުވިއެވެ. އިންޑިއާއި ރާއްޖެ އަޅުވެތި ކުރާކަމުގެ ދޮގު ތުހުމަތު ކުރިއެވެ.
އެތައް ހާސް އިންޑިއާސިފައިން ރާއްޖޭގައި ފައިހިއްޕާލައިގެން ތިބިކަމަށް ދުނިޔޭގެ މީޑިއާތަކަށް މުއިއްޒު މައުލޫމާތު ދިނެވެ. އިންޑިއާއިން ރާއްޖެއަށް ބްލީކުރާކަމަށާއި ރާއްޖެއަކީ އިންޑިއާގެ ބެކްވޯޑްގައި އޮތް ގައުމެއް ނޫންކަމަށް މުއިއްޒު ބުންޏެވެ. އިންޑިއާކަނޑަކީ އިންޑިއާއަށް ނިސްބަތްވާ ތަނެއް ނޫންކަމަށާއި އިންޑިއާ ކަނޑުގެ ބޮޑު ސަރަހައްދެއް ހިއްސާކުރަނީ ރާއްޖޭން ކަމަށްބުނެ އިންޑިއާއި ޗެލެންޖުކުރިއެވެ. ޗާގޯސް އައިލެންޑްސް މޮރިޝަސްއަށް ދިނުމުގެ ފަހަތުގައި އޮތީ އިންޑިއާގެ މަސްލަހަތުކަމަށް ބުންޏެވެ. ލެކެޑިވްސް އައިލެންޑްސްގައި ޓޫރިޒަމް ފަށަން އިންޑިއާއި އުޅެނީ ރާއްޖޭގެ ޓޫރިޒަމް ހުއްޓުވުމަށް ކަމަށް ބުނެ މުއިއްޒު ސަރުކާރުން އިންޑިއާއި ދެކޮޅު ކެންޕޭނެއް ފެއްޓިއެވެ. 
ޒަމާނުއްސުރެ އިންޑިއާއި ރާއްޖެއާއިއެކު އޮތް ގުޅުން ދުވަހަކު ގޯސްނުވާ ވަރަށް މުއިއްޒު ސަރުކާރުން ގުޅުން ގޯސްކޮށްލިއެވެ. ތަރުކާރީއާއި އަލުއްވާއި ބިހާ ފިޔާ ފަދަ ޒަރޫރީ ބާވަތްތައް އެއްގައުމަކަށް (އިންޑިއާ)އަށް ބަރޯސާނުވެ ޕާކިސްތާނާއި ތުރުކީއާއި ޗައިނައިން ގެނުވަން ނިންމިއެވެ. ކާޑްގެ ޝިޕްމަންޓްތައް ތުރުކީން ގެންނަށް ހަމަޖެއްސިއެވެ. ބޭސްފަރުވާއަށް އިންޑިއާއަށް ދިވެހިން ފޮނުވުމުގެ ބަދަލުގައި ސްރީލަންކާއާއި ބެންކޮކާއި ދުބާއީން އާސަންދަ ހިދުމަތް ދޭން ނިންމިއެވެ. އެއަރ އެންބިއުލާންސް ހަދައިގެން ބެންކޮކަށް ބަލި މީހުން އުފުލަން ނިންމިއެވެ. 
ޗައިނާއަށް މުއިއްޒު ކުރި ފުރަތަމަ ދަތުރުން އައިގޮތަށް އައިސް ޗައިނާއިން އެހީތައް އޮހިގަންނަނެ ކަމަށް ހީކޮށް ހުޅުލޭ އެއަރޕޯޓްގައި ހުރެ އިންޑިއާއަށް ވަށިވަށިން ދިނުމަށްފަހު އާންދޮގޭއޭ ބުނެ ވަގުތުން ވަގުތަށް ދައްކަން ނުވެސްޖެހޭ 50 މިލިޔަން ޑޮލަރ އިންޑިއާއަށް ދައްކާ މޭފުއްޕާލީ އިންޑިއާ އާއި ނުލާ ވެރިކަން ކުރެވޭނެއޭ ބުނަމުންނެވެ. 
މުއިއްޒު ހީކުރި ގޮތަށް އެއްކަމެއްނުވެ ބަލި ބުޅާގަނޑެއްހެން އިންޑިއާ ފައިބުޑަށް ވެއްޓި އޭރު މުއިއްޒުގެ އައުވާނުން ސިފަކުރި "ގެރިމޯދީ" ގެރި ގޮރުލޯގަނޑަށް ވެއްޓި މުއިއްޒު ބަކަތަޅާތަން މި ދަނީ ފެންނަމުންނެވެ. ދިވެހީންގެ ރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު މޯދީ ނޫން މީހަކު މުއިއްޒަކަށް މިހާރަކު ކަމަކުނުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ