މާލޭގެ ބޮޑު ސަރަހައްދަކަށް މިހާރު ކަރަންޓް ދީފައިވާކަމަށް ސްޓެލްކޯއިްނ ބުނެފިއެވެ.
މިއަދު މެންދުރު އެކެއް ޖަހަން އުޅެނިކޮށް މާލޭގެ އިތުރުން ހުޅުމާލެއިން ވަނީ ކަރަންޓް ކަނޑައިގެންގޮސްފައެވެ. ކަރަންޓް އަލުން ދިނުމަށް ސްޓެލްކޯއިން މިހާތަނަށް ކުރި މަސައްކަތުން މާލޭގެ ބޮޑު ސަރަހައްދަށް މިހާރު ކަރަންޓްގެ ހިދުމަތް ލިބޭނޭކަމަށް އެކްސްގައި ކުރި ޕޯސްޓެއްގައި ސްޓެލްކޯއިން ވަނީ ބުނެފައެވެ. އަދި ނުދެވި ހުރި ސަރަހައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް މިހާރުވެސް ކުރަމުގެންދާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ކަރަންޓް ކެނޑުމާއެކު ސްޓެލްކޯއިން އެންމެ ފުރަތަމަ މަސައްކަތްކުރީ ކޮންމެހެން ކަރަންޓް ބޭނުންވާ ތަންތަން ކަމަށްވާ ހޮސްޕިޓަލްތަކާއި އެނޫންވެސް އެފަދަ ތަންތަނަށް ކަރަންޓް ދޭށެވެ. އެގޮތުން ކުރި މަސައްކަތުން އެކުންފުނިން ވަނީ އައިޖީއެމްއެޗަށް ކަރަންޓް ދީފައެވެ. އަދި ބެކަޕް ޖަނަރޭޓަރުތައް ބޭނުންކޮށްގެން ކޮންމެހެން ކަރަންޓް ދޭންޖެހޭ ތަންތަނަށް ވަނީ ދީފައެވެ.
މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓް ދިން ނަމަވެސް، ހުޅުމާލޭގެ އެއްވެސް ސަރަހައްދަކަށް ކަރަންޓް ލިބުނުކަމުގެ މައުލޫމާތެއް ނުލިބެއެވެ.
އިތުރު ތަފްސީލް އަންނަީ..
މާލޭގެ ބޮޑު ސަރަހައްދަކަށް މިހާރު ކަރަންޓް ލިބޭނެ: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ