ހިޔާ ފްލެޓް ސަރަހައްދުގައި ރޭ މާރާމާރީ ހިންގުމަށް ފަހު، ދެ ފޯނު ފޭރިގެންފި އެވެ.
ވީ ކިހިނެއް؟ - ހުޅުމާލެ ފޭސް2ގެ އެޗް11 ކައިރީ ހިންގި މި މާރާމާރީގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ، ރޭ 11:51 ހާއިރު އެވެ.
ފުލުހުންގެ ބަސް - ފުލުހުން މީޑީއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ:
މި މާރާމާރީގައި ދެ މީހަކަށް އަނިޔާވެފައިވޭ
އެކެއްގެ ފުއްކިބަ ދަށުން ފަޅައިގެންގޮސްފައިވޭ އަދި ދެވަނަ މީހާގެ ބުރަކަށި އެކި ތަންތަނުން ދުޅަވެ، ދެ އަތުގެ އުޅަނބޮށި ވަނީ މަށައިގެންގޮސްފައި
އަނިޔާ ލިބުނު މީހުން އިތުރު ފަރުވާއަށް ގެންގޮސްފައި ވަނީ ހުޅުމާލެ ހޮސްޕިޓަލްއަށް
"މި މާރާމާރީ ހިންގި މީހުން ދެ ފޯނު ފޭރިގެންފައިވޭ،" މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ބުނެ ފުލުހުންގެ މެސެޖްގައި ލިޔެފައިވެ އެވެ.
ދެ މީހަކަށް ހަމަލާދީ ޒަހަމްކޮށްލުމަށް ފަހު ދެ ފޯނު ފޭރިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ