ރ. އަތޮޅުގައި ވެޓަރަންސް ފުޓްސަލް މުބާރާތެއް ބާއްވަނީ ރ. އަތޮޅުގައި ވެޓަރަންސް ފުޓްސަލް މުބާރާތެއް ބާއްވަނީ

ރ. އަތޮޅުގެ ރަށްތަކުގައި އުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ވެޓަރަންސް ފުޓްސަލް މުބާރާތެއް ބޭއްވުމަށް ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރަސްމާދޫ ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އާރްޑީއޭ) އިން އިސްނަގައިގެން ފަށާ މި މުބާރާތް ކޮންމެ އަހަރެއްގައި ބޭއްވުމަށް ގަސްދުކުރެ އެވެ. އެ ގޮތުން، މި ފަށާ "ރ. ވެޓަރަންސް ފުޓްސަލް ޗެލެންޖް" ގެ ފުރަތަމަ މުބާާރާތް ރަސްމާދޫގައި ފަށަން ތާވަލުކޮށްފައިވަނީ، މި އަހަރުގެ ޖުލައި 1 ވަނަ ދުވަހު އެވެ.
ކުރީގެ ކުޅުންތެރިންނަށާއި ފުޓްސަލް އަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކުގެ މެދުގައި ކުރިއަށްގެންދަން ރާވާފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލެވިފައިވާއިރު، މުއްދަތު ހަމަވާނީ މި މަހުގެ 24 ވަނަ ދުވަހަށެވެ.
މުބާރާތް ހާއްސަ ކުރެވިފައިވަނީ ރ. އަތޮޅުގެ ކުޅުންތެރިންނަށެވެ. އެ ގޮތުން، ކޮންމެ ޓީމެއްގައި، 35 އަހަރުން މަތީގެ އެއް ކުޅުންތެރިއަކު ހިމެނުމުގެ ފުރުސަތު ދީފައިވާއިރު، ދެން ލިސްޓުގައި ޖެހޭނީ 39 އަހަރުން މަތީގެ ކުޅުންތެރިންނެވެ.
ފުޓްސަލް އަށް ހާއްސަ ޝައުގުވެރިކަމަކާއި ފޯރިއެއް އޮންނަ ރ. އަތޮޅުގައި، ފަށާ މި ވެޓަރަންސް ފުޓްސަލް މުބާރާތާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ގުޅާނެ ނަމްބަރަކީ، 9698745 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ