ހުޅުމާލެ ޑިޓެންޝަން ފެސިލީޓީގައި ތިބި ބިދޭސީންތަކެއް ކާނާ ވިހަވެއްޖެ
ހުޅުމާލޭގައި ހުންނަ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ތިބި ބިދޭސީންތަކެއް ކާނާ ވިހަވެ ފަރުވާ ދޭން ފަށައިފިއެވެ. "ސަން"އަށް މައުލޫމާތު ދެއްވަމުން އިމިގްރޭޝަންގެ މީޑީއާ އޮފިޝަލަކު ވިދާޅުވީ ބިދޭސީންތަކެއް ކާނާ ވިހަވެ ފަރުވާ ދޭން ފަށައިފައިވާ ކަމަށެވެ. އެ މީހުންނަށް ފަރުވާ ދިނުމަށް ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް އަދި އެއީ ޖުމްލަ ކިތައް ބިދޭސީންކަން ކަށަވަރުނުކުރެވޭ ކަމަަށް އޭނާ ވިދާޅުވިއެވެ. މި ހާދިސާއަ ގުޅިގެން ފުލުހުން ބުނީ އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ވެސް ލިބިފައިވާ ކަމަށާއި، މިހާރު ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. އިތުރު ތަފްސީލް އަންނަނީ ....
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ