އާންމު ތަނެއްގައި މޫނު ބުރުގާ އެޅި މީހަކު ޖޫރިމަނާކުރި ޔޫރަޕްގެ ފުރަތަމަ ގައުމަކަށް ސްވިޒަލޭންޑް
ސްވިޒަލޭންޑުގެ ސިޓީއެއް ކަމަށްވާ ޒޫރިކްގެ އަންހެނަކު އާންމު ތަނެއްގައި މޫނު ބުރުގާ އަޅައިގެން އުޅުމުން ޖޫރިމަނާކޮށްފިއެވެ. އެ އަންހެންމީހާ ޖޫރިމަނާކޮށްފައިވަނީ އެ ގައުމުގެ މިއަހަރު އަލަށް އަމަލުކުރަން ފެށި މޫނު ނިވާކުރުން މަނާކުރާ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގެ ދަށުން އާންމު ތަންތަނުގައި މޫނު ނިވާކުރުން މަނަލެވެ. އޭގެ ތެރޭގައި މުސްލިމު އަންހެނުން އަޅާ މޫނު ބުރުގާއާއި، މުޒާހަރާކުރާ މީހުންނާއި ކުޅިވަރުކުޅޭ މީހުން އަޅާ މާސްކުވެސް ހިމެނެއެވެ. ޕްރައިވެސީ ގާނޫނުތަކާ ހަވާލާދީ ފުލުހުންގެ ތަރުޖަމާނު މައިކަލް ވޯކާ ވަނީ އެ އަންހެންމީހާގެ އުމުރާއި ހެދުމުގެ ތަފްސީލު ހާމަކުރަން ދެކޮޅު ހަދާފައެވެ. ނަމަވެސް, އޭނާއަކީ ފަތުރުވެރިއެއް ނޫންކަން ވޯކާ ވަނީ ކަށަވަރުކޮށްދީފައެވެ. އޭނާ ވިދާޅުވީ, 100 ސްވިސް ފްރެންކް (110 ޑޮލަރު) ޖޫރިމަނާ ދެއްކުމަށް އަންހެން މީހާ ދެކޮޅު ހެދި ކަމަށާއި އެހެންވެ، އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ކެންޓޯނަލް ގަވަރުނަރުގެ އޮފީހަށް ދާނެ ކަމަށެވެ. އެ ގާނޫނަކީ މުސްލިމުންނަށް އަމާޒުކޮށްގެން އަޅާ ފިޔަވަޅެއްގެ ގޮތުގައި ފުރަތަމަ ހުށަހެޅި ގާނޫނެއް ނަމަވެސް، މުޒާހަރާތަކާއި ކުޅިވަރު އިވެންޓްތަކުގައި މާސްކު އެޅުން މަނާކޮށް އާންމުންގެ ރައްކާތެރިކަން ރަނގަޅު ކުރުން ވެސް އެ ގާނޫނުގެ މަގުސަދުގައި ހިމެނޭ ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ. އެ ގާނޫނާ ޚިލާފުވާ ފަރާތްތަކަށް 100 ފްރާންކްގެ ޖޫރިމަނާއެއް ދައްކަންޖެހޭއިރު، މައްސަލަ ކޯޓަށް ހުށަހަޅަން ޖެހިއްޖެނަމަ، އެ އަދަދު 1،000 ފްރާންކަށް އަރައެވެ. އާ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިންވެސް މުޒާހަރާތަކުގައި މޫނު ނިވާކުރުން ސްވިޒަލޭންޑުގައި މަނަލެވެ. އެ ގާނޫނަށް ފާޑުކިޔާ މީހުން ބުނާ ގޮތުގައި އެ ގާނޫނު އަމާޒުކޮށްފައިވަނީ ސްވިޒަލޭންޑްގެ 400،000 މުސްލިމް ޖަމާއަތަށް ނުހައްގުންނެވެ. އެޤާނޫނު އެޤައުމުގެ މުސްލިމް ޖަމްޢިއްޔާތަކުންވެސް ވަނީ އާ ގާނޫނު ކުށްވެރިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ