ވޭތުވެދިޔަ ދެ މަސްތެރޭ އެންމެ ގިނައިން މަސްވެރިންނަށް ފައިސާ ދޫކުރީ މިދިޔަ ބުރާސްފަތީގައި

މަސްވެރިން ކިރާ މަހަށް 24ގަޑިއިރު ތެރޭ ފައިސާ ދޭންފެށިފަހުން އެއް ދުވަސް މަތީން މަސްވެރިންނަށް އެންމެ ގިނަ ފައިސާ ޖަމާކޮށްދީފައި ވަނީ މިދިޔަ ބުރާސްފަތީގައި ކަމަށް މިފްކޯގެ ހިސާބުތަކުން ދައްކައިފިއެވެ. މަސްވެރިންނަށް 24 ގަޑިއިރުތެރޭ ފައިސާ ދޭން ފަށައި، ފުރަތަމަ ޕޭމަންޓު ޖަމާކުރީ މިދިޔަ ޑިސެމްބަރު މަހުގެ 10ވަނަ ދުވަހުއެވެ. އެދުވަހު މަސްވެރިންނަށް ދޫކޮށްފައި ވަނީ 2،045،823.37 ރުފިޔާއެވެ. https://sun.mv/200063 މިދިޔަ ބުރާސްފަތީގައި މަސްވެރިންނަށް 6.5 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ސަރުކާރުގެ މަސްކުންފުނި، މިފްކޯއިން ވަނީ ބުނެފައެވެ. މި ފައިސާ ދޫކޮށްފައި ވަނީ 60 މަސްއޮޑިއަކަށެވެ. މިދިޔަ ހަފުތާގެ ބުދަ ދުވަހު 39 މަސްއޮޑިއަކަށް ޖުމްލަ 5.3 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އެ ހިސާބުތަކުގައިވާ ގޮތުން އަންގާރަ ދުވަހު 41 މަސްއޮޑިއަކަށް ވަނީ 4.7 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. ފިޝަރީޒް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބެއްގައިވާ ގޮތުން މިދިޔަ މަހު 8،324 މެޓްރިކް ޓަނުގެ މަސް ވަނީ މިފްކޯއަށް ކިރައިފައެވެ. އެއާއެކު 1997ގެ ފަހުން ޖެނުއަރީއެއްގައި އެންމެ ގިނައިން މަސް ކިރީ މި އަހަރު ކަމަށް އެ މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. https://sun.mv/202147 ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެ، މަސްކިރާ މިންވަރު އިތުރުވާން ފަށައިފި ކަމަށް ޖެނުވަރީ މަހުގެ 12ވަނަ ދުވަހު މިފްކޯއިން ބުންޏެވެ. މިފްކޯގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ޖަނަވަރީ މަހު ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް 280 މެޓްރިކު ޓަނުގެ މަސް އެ ކުންފުންޏަށް ކިރިއެވެ. އެކަމަކު، މި ދޭތެރެއިން މިފްކޯއިން މަސް ގަންނަ އަދަދު ވަރަށް ބޮޑަށް ދަށްވި ކަމަށް ހިސާބުތަކުން ދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ