އެމެރިކާ އަނބުރާ ޕްލާސްޓިކަށް؛ ޓްރަމްޕް ވިދާޅުވީ ކަރުދާސް ހޮޅިއަށް ބަދަލުވުމުގެ ސިޔާސަތު ބާތިލު ކުރާނެ ކަމަށް އެމެރިކާ އަނބުރާ ޕްލާސްޓިކަށް؛ ޓްރަމްޕް ވިދާޅުވީ ކަރުދާސް ހޮޅިއަށް ބަދަލުވުމުގެ ސިޔާސަތު ބާތިލު ކުރާނެ ކަމަށް

ތިމާވެއްޓާ ރަހުމަތްތެރި ހޮޅި ބޭނުން ކުރަން ފަށަން އެމެރިކާގައި ކުރީގެ ރައީސް ޖޯ ބައިޑެން ނިންމާފައިވާ ނިންމުން ބާތިލްކުރާނެ ކަމަށް އެ ގައުމުގެ އާ ރައީސް ޑޮނަލްޑު ޓްރަމްޕު ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހު ޓްރަމްޕް ވިދާޅުވީ 2027 އިން ފެށިގެން މަރުހަލާ ތަކަކަށް ބަހާލައިގެން ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލަން ބައިޑެން ނިންމަވާފައިވާ ނިންމުން އަންނަ ހަފުތާގައި ބާތިލްކުރަން އަމުރު ކުރާނެ ކަމަށެވެ.
ޓްރަމްޕް ސިފަ ކުރެއްވި ގޮތުގައި ކަރުދާސް ހޮޅިއަށް ދިޔުމަކީ މޮޔަ ވިސްނުމެކެވެ. އެކަން ތަންފީޒު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަނބުރާ ދާނީ ޕްލާސްޓިކަށް" އެމަނިކުފާނުގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓްރުތުގައި ވިދާޅުވި އެވެ.
ބައިޑެންގެ ސަރުކާރުން ނިންމާފައި އޮތީ އެއް ފަހަރު ބޭނުން ކުރެވޭ ޕްލާސްޓިކް އެމެރިކާގެ ދައުލަތުގެ އިދާރާތަކުގައި ބޭނުންކުރުން 2035 ގެ ނިޔަލަށް ހުއްޓައިލުމަށެވެ. އެ ސިޔާސަތު ތަންފީޒު ކުރަން ފަށަން ނިންމާފައި އޮތީ 2027 ގަ އެވެ.
ތިމާވެއްޓާ ގުޅޭ ޕެރިސް އެއްބަސްވުމުން ވަކިވާން ޓްރަމްޕު ވަނީ ނިންމައިފަ އެވެ. އޭނާގެ ފުރަތަމަ ރިޔާސި ދައުރުގައި ވެސް ވެސް އެ އެއްބަސްވުމުން ވަކިވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ