ގާޒާއިން ރައްޔިތުން ބޭލުމުގެ ވިސްނުން ރާއްޖޭން ކުށްވެރިކޮށްފި

ފަލަސްތީނުގެ ގާޒާއިން ފަލަސްތީނުގެ ރައްޔިތުން ނެރުމަށް ކުރާ މަސައްކަތްތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.ގާޒާއިން މީހުން ހުސްކޮށް އެމެރިކާގެ ބާރުގެ ދަށަށް އެތަން ގެންދިއުމުގެ ވާހަކަ ޓްރަމްޕް ވައިޓް ހައުސްގައި ދެއްކެވީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބައްދަލުކުރުމަށް ފަހު އޭނާއާ އެކު ނޫސްވެރިންނާ ބައްދަލުކުރައްވަ އެވެ.އޭގެފަހުން، ޣައްޒާއިން "އަމިއްލަ އިހުތިޔާރުގައި" ދާން ބޭނުންވާ ފަލަސްތީނުގެ ރައްޔިތުންނަށް އެކަން މަގުފަހިކޮށްދިނުމުގެ ތައްޔާރީތައްވުމަށް، އިޒްރޭލުގެ ހާރިޖީ ވަޒީރު ވަނީ އިޒްރޭލުގެ އަސްކަރިއްޔާއަށް އަންގައިފަ އެވެ.ޓްރަމްޕް ހުށަހެޅުއްވި ޕްލޭނަށް ގިނަ ގައުމުތަކެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، ދިވެހި ސަރުކާރުން ރޭ ނެރުނު ބަޔާނެއްގައި ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.ބައިނަލްއަގުވާމީ ގާނޫނާއި އދ.ގެ ގަރާރުތަކާ އެއްގޮތަށް، 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައި އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށްކަމުގައި ކަނޑައެޅުމަށް ވެސް ބަޔާނުގައި ތަކުރާރުކޮށް ގޮވާލާފައިވެ އެވެ.ރާއްޖޭން މި ބަޔާން ނެރުނުއިރު، އެމެރިކާގެ އާ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ އެމެރިކާ އިން ގާޒާގެ "މިލްކުވެރިކަން" ހޯދައި އެ ތަނުގައި ތިބި ފަލަސްތީނުގެ ރައްޔިތުން އެހެން ގައުމުތަކަށް "ދާއިމީ ގޮތެއްގައި" ބަދަލުކޮށް، އެ ތަން އަލުން ބިނާކޮށް، އެއީ ދުނިޔެއަށް ހުޅުވާލެވިފައިވާ ތަނެއްގެ ގޮތުގައި ތަރައްގީކުރުމުގެ ހުށަހެޅުމެއް ހުށަހަޅުއްވާފަ އެވެ.އަރަބި ގައުމުތަކާއި ޔޫރަޕްގެ ބައެއް ބޮޑެތި ގައުމުތަކުން ވެސް ވަނީ އެ ހުށަހެޅުމާ ދެކޮޅު ހަދާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ