ގައުމީ ވޮލީބޯލް ލީގު: ދަޑިމަގުން ވަރުގަދަ އެޗްޑީސީ ބަލިކުރިއިރު، ހުރާ ފެށީ މޮޅަކުން ގައުމީ ވޮލީބޯލް ލީގު: ދަޑިމަގުން ވަރުގަދަ އެޗްޑީސީ ބަލިކުރިއިރު، ހުރާ ފެށީ މޮޅަކުން

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ގައުމީ ވޮލީބޯލް ލީގުގައި ހުރާ ކޮމިއުނިޓީ ކްލަބުން މޮޅަކުން މުބާރާތް ފެށިއިރު، ވަރުގަދަ ކްލަބް އެޗްޑީސީ ބަލިކޮށް ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ވެސް ފެށުން ރަނގަޅު ކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި މިއަދު ހަވީރު ޕޮލިސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު ހުރާ އިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ.
މި މެޗުގެ ސެޓުތައް ދިޔައީ، 23-25، 17-25، 25-22 އަދި 23-25 އިންނެވެ.
ރެފްރީންގެ ނިންމުމަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި، މި މެޗުގައި ހުރާގެ ތަފާތަކަށްވީ ބިދޭސީ ކުޅުންތެރިޔާ ތަރުޝާ ގެ އިތުރުން ސެޓަރު އިޝާން މުހައްމަދު (ބަޓިސް) އެވެ.
މީގެ އިތުރުން ރޭ ކުޅުނު ދެ ވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އެޗްޑީސީގެ މައްޗަށް ދަޑިމަގުން ކުރިހޯދީ ވެސް 3-1 ސެޓުންނެވެ.
ދަޑިމަގު އާއި އެޗްޑީސީ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
މި މެޗުގެ ސެޓުތައް ދިޔައީ، 25-21، 21-25، 22-25 އަދި 14-25 އިންނެވެ.
މި މެޗުގެ ފުރަތަމަ ސެޓުގައި އެޗްޑީސީގެ، ޝަމާއިލް ހުސެއިން އަދި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ގެ މޮޅު ކުޅުން ފެނިގެންދިޔަ ނަމަވެސް މެޗުގެ ފަހު ތިން ސެޓުގައި ދަޑިމަގުން ވަނީ ތަފާތު ރޫހެއްގައި ކުޅެފަ އެވެ.
މި މެޗުގައި ދަޑިމަގުގެ ބިދޭސީ ކުޅުންތެރިޔާ ޒޮލްބޯގެ އިތުރުން އަލީ ހުޒާމް (ހުޒަންޓެ) އަދި ހަސަން ނިލާމް (ޕާޓޭ) ގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ.
މި މުބާރާތުގައި މިއަދު ވެސް ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި މިއަދު ހަވީރު ދަޑިމަގުން ނުކުންނާނީ ޕޮލިސް ކްލަބާ ދެކޮޅަށެވެ. އަދި މިރޭ ދިވެހި ސިފައިންގެ ކްލަބުން ނުކުންނާނީ ހުރާއާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ