އައްޑޫ ޕޯޓުން ހިފެހެއްޓި 1.8 މިލިއަން ސިނގިރޭޓު ނައްތާލައިފި

އައްޑޫ ސިޓީ ހިތަދޫ ޕޯޓުން ހިފެހެއްޓި 1.8 މިލިއަން ސިނގިރޭޓް ނައްތާލާފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފި އެވެ.
އެ އިދާރާއިން މިއަދު ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1,830,000 ސިނގިރޭޓް ސްޓިކްސް ނައްތާލާފައިވާ ކަމަށެވެ. މި ތަކެތި ނައްތާލީ ހިތަދޫ ޕޯޓްސް ސަރަހައްދުގަ އެވެ.
ކަސްޓަމުން ބުނި ގޮތުގައި މިއީ އައްޑޫ ސިޓީ ހިތަދޫ ޕޯޓްގެ ތެރެއިން ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް ތަކެއްޗެވެ.
އައްޑޫ ޕޯޓުން ހިފެހެއްޓި 1.8 މިލިއަން ސިނގިރޭޓު ނައްތާލަނީ -- ފޮޓޯ: ކަސްޓަމްސް
ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެތެރެކުރުން ވަނީ ހަރުކަށި ކޮށްފަ އެވެ. ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރާ އެފަދަ ބާވަތްތައް ހިފަައްޓާ ކަސްޓަމްސް އިން ދަނީ ނައްތާލަމުންނެވެ.
ސަރުކާރުން ވަނީ ރާއްޖޭގައި ވޭޕް ވެސް މަނާކޮށްފަ އެވެ. އަދި ވޭޕް އެތެރެކުރާ މީހުން ދަނީ ޖޫރިމަނާ ވެސް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ