ހިޔާ ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާ ލިޔުންވެސް ދީފައިވާ މީހުންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ފްލްޓް އަތުލި މީހުން ފްލެޓް ދިނުމުގައި އިތުރު ޝަރުތުތަކަށް ނުބައްލަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ހިޔާ މަޝްރޫއު ހިންގެވީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގަ އެވެ. އެ މަޝްރޫޢު ހިންގެވިއިރު ހައުސިން މިނިސްޓަރަކީ ރައީސް މުޢިއްޒު އެވެ. ރައީސް ޔާމީންގެ ވެރިކަން ނިމުމުގެ ކުރީން މިހާތަނަށް ސަރުކާރަކުން ހިންގި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ 7,000 ފްލެޓް ދޭނެ މީހުން ކަނޑައެޅި އެވެ. ނަމަވެސް އެމްޑީޕީ ސަރުކާރުން އެ ނިންމުމަށް ބަދަލުގެނަ އެވެ.
އެކަމުގެ ސަބަބުން ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާ ލިޔުންވެސް ދީފައިވާ އެތައް ބަޔަކަށް ފްލެޓް ގެއްލުނެވެ. އެ މީހުންނަށް ފްލެޓް ދިނުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
މާލޭ ސިޓީގެ، ހެންވޭރު ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލު ކުރެއްވުމުގައި އާންމުންގެ މީހަކު ވަނީ އޭނާގެ ފިރިމީހާ އަތުން ކުރީ ސަރުކާރުން ފެލްޓް އަތުލާފައިވާ ކަމަށް ބުނެފަ އެވެ. އަދި އެހެން މީހަކު ވަނީ އެމްޑީޕީއަށް ސޮއިނުކުރުމުން ފްލެޓް ނުދިން ކަމަަށް ބުނެފަ އެވެ.
އެ މީހުންގެ ޝަކުވާތައް އަޑުއެއްސެވުމަށް ފަހު ރައީސް ވިދާޅުވީ މި ސަރުކާރުން އެ މީހުންނަށް ފްލެޓް ދެއްވާނެ ކަމަށެވެ. އެއީ ރިޔާސީ ވައުދުފުޅެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މި ސަރުކާރުން ހިންގާ ފުރަތަމަ ސްކީމަކުން އޭގެ ތެރެއިން ބަޔަކަށް ފްލެޓް ދެއްވާނެ ކަމަށެވެ.
އެއް ސްކީމަކުން ހުރިހާ އެންމެނަށް އެއް ފަހަރާ ފްލެޓް ނުދެވުނު ނަމަވެސް މި ސަރުކާރުން ފަށަން ހަމަޖައްސާފައިވާ 7500 ފްލެޓްގެ ތެރެއިން އެ ހުރިހާ މީހުންނަށް ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ މީހުންނަށް ހާއްސަ ކެޓަގަރީއެއް އޮންނާނެ ކަމަށެވެ. އެ މީހުންގެ މައްޗަށް އާންމު ޝަރުތުތައް ވެސް ނުހިނގާނެ ކަމަށް ވިދާޅުވި އެވެ.
"ހަމައެކަނި އެ ފަރާތްތަކުން ޖެހޭނީ އެޕްލައި ކޮށްލަން. އެއީ އިތުރު ޝަރުތެއް އޮތް ކަމެއް ނޫން. މި އަންނަ އައު ޝަރުތުތަކެއް އެ ފަރާތްތަކަކަށް ނޯންނާނެ," ރައީސް ވިދާޅުވި އެވެ.
ފްލެޓް އަތުލި މީހުންނަށް އިތުރު ޝަރުތުތަކެއް ނެތި ފްލެޓް ލިބޭނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ