ސައުދީން ރާއްޖެއަށް އިތުރު 10 ޓަނުގެ ކަދުރު ހަދިޔާކޮށްފި

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް އިތުރު 10 ޓަނުގެ ކަދުރު ހަދިޔާ ކޮށްފި އެެވެ.ރޯދަމަހަށް ހާއްސަކޮށްގެން ސައުދީ ސަރުކާރުން ރާއްޖެ އަށް 50 ޓަނުގެ ކަދުރު ހަދިޔާކުރި އެވެ. އެ ކަދުރުތައް މިހާރު ވަނީ ބަހައި ނިންމައިފަ އެވެ.އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސައުދީން ހަދިޔާކުރި ކަދުރާ ހަވާލުވެވަޑައިގެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.އެ ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންނެވި ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.މި ކަރުދު ހަދިޔާ ކުރީ ސައުދީގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ދަޢުވާ އެންޑް ގައިޑެންސްއިން ކަމަށް މިނިސްޓްރީން ބުުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ