އިސްލާމް ދީނުގައި ކޮންމެ ކަމަކަށްވެސް ހަމަތަކަކާއި އުޞޫލުތަކެއްވެއެވެ. އިންތަކެއްވެސްވެއެވެ. ބައެއް ކަންކަމަށް ސަބަބުތަކެއްވެސްވެއެވެ. އަނބިން ސުންނަތް ރޯދަހިފާއިރު ފިރިންގެ ހުއްދަ ހޯދަން އޮތީ ސަބަބުތަކަކާއި ލައިގެންނެވެ.
މިވާހަކަ ދައްކަން މިޖެހެނީ ފިރިމީހާ ގާތުގައި ރަށުގައި ނެތަސް ސުންނަތް ރޯދަހިފަން ފިރިމީހާގެ ހުއްދަ ހޯދަންޖެހޭނެތޯ މިހާރުވެސް ގިނަ ބައަކު ސުވާލުކުރާތީއެވެ. ޖަވާބަކީ ގާތުގައި ރަށުގައި ނެތްނަމަ، ހުއްދަ ހޯދާކަށް ނުޖެހޭނެއެވެ.
ސުންނަތް ރޯދަހިފާނަމަ ފިރިމީހާގެ ހުއްދަ ހޯދަން ޖެހޭނެކަމަށް އޮތް ޙަދީޘްފުޅުގެ މާނައަށް ބަލާށެވެ!
لاَ يَحِلُّ لِلْمَرْأَةِ أَنْ تَصُومَ وَزَوْجُهَا شَاهِدٌ إِلَّا بِإِذْنِهِ» [رواه البخاري في صحيحه برقم
މާނައީ: " ގާތުގައި ފިރިމީހާ ހުއްޓާ، އޭނާގެ ހުއްދަ ނެތި ސުންނަތް ރޯދަ ހިފުން އަންހެނަކަށް ހުއްދަވެގެން ނުވެއެވެ"
"ފިރިމީހާ ގާތުގައި ހުއްޓާ" ކަމަށް އޮތުމުން އެނގެނީ ގާތުގައި ފިރިމީހާ ނެތްނަމަ މިޙަދީޘްފުޅަށް ޢަމަލުކުރަން ނުޖެހޭނެ ކަމެވެ. ފިރިމީހާ ރަށުގައި ނޫޅޭނަމަ، ރޯދަހިފުމަސް ހަށި ހުއްދަނަމަ އަނބިމީހާ ބޭނުން ކޮންމެ ދުވަހަކުވެސް ސުންނަތް ރޯދަ ހިފޭނެކަމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަނބިން ސުންނަތް ރޯދަ ހިފުމުގަ ފިރިންގެ ހުއްދަހޯދަންޖެހޭނެ ޙާލަތު-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ