ޖުމުހޫރީ ޕާޓީގެ ލީޑަރު ކަމުގައި އޭނާ ތާއަބަދު ނުހުންނަވާނެކަމަށް އެ ޕާޓީގެ ލީޑަރުކަމުގެ މަގާމުގައި މިހާރު ހުންނެވި ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމް މިފަދައިން ވިދާޅުވީ ޖޭޕީގެ ލީޑަރަކަށް ހޮވިވަޑައިގެން ޕާޓީގެ މެމްބަރުންނާއި މުހާތަބުކޮށް މިއަދު ދެއްކެވި ވާހަކަފުޅުގައެވެ. އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީ ޒަމާންތަކަކަށް ދެމިގެން ދިއުމަށްޓަކައި ކަންތައްތަކެއް ކުރަން ޖެހޭކަމަށާއި ތާއަބަދަކު އެ ޕާޓީގެ ލީޑަރު ކަމުގައި އޭނާ ނުހުންނަވާނެ ކަމަށެވެ. އަދި އޭނާއަށް ވެސް ނިމުމެއް އަންނަން ޖެހޭނެ ކަމަށް ގާސިމް ވިދާޅުވެފައިވެއެވެ.
ގާސިމް ވިދާޅުވީ އެއީ ގުދްރަތީ ގާނޫނު އޮންނަ ގޮތް ކަމަށާއި އަދި އެއީ އެކަން ވާ ވެސް ގޮތް ކަމަށެވެ. އެހެންކަމުން ޖުމްހޫރީ ޕާޓީގެ ތެރެއިން ލީޑަރުކަން ކުރުމަށް ސާބިތުކަމާއިއެކުގައި އެކަން ކުރަން ކެރިވަޑައިގަންނަ ބަޔަކު ތިބެންޖެހޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ޖޭޕީގެ ލީޑަރުކަމަށް ކުރިމަތިލައްވާފައި ގާސިމް އެކަންޏެވެ. ޑެޕިއުޓީ ލީޑަރުންގެ މަގާމަށް 12 ބޭފުޅަކު ވާދަކުރައްވައެވެ. މި މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރާނީ މިއަދުއެވެ.
ޖޭޕީގެ ލީޑަރުކަމުގައި އަޅުގަނޑު ތާއަބަދަކު ނުހުންނާނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ