މިކަން ހިނގިތާ އަހަރެއް ވެފައި ވަނިކޮށް މިއަދު އެ ކޯލިޝަންގެ ލީޑަޝިޕާއި، ކޯލިޝަންގެ ލީޑާޝިޕުން ވަނީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.
ރާއްޖޭގައި ހުވާ ކޮށްގެން ތިއްބެވި ދެ ރައީސުން ތިބި ކަމަށާ އެކަމާއި ގުޅިގެން އުފެދިފައިވާ ގާނޫނީ މައްސަލައަށް ހައްލެއް ހޯދަން އެ މައްސަލަ އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
މި މައްސަލަ އިދިކޮޅުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ ވަގުތީ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމު ނައިބު ރައީސް ފައިސަލް ނަސީމާ ހަވާލުކޮށްފައިވާތީ އެކަމާ މެދު ސުވާލު އުފައްދާފަ އެވެ.ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައިވާ ބާރުތައް އެމަނިކުފާނުގެ ނައިބު ފައިސަލް ނަސީމް އާއި ވަގުތީ ގޮތުން ހަވާލު ކުރެއްވުމަށް ނިންމެވީ ހޭނައްތައިގެން ތައިރޮއިޑް އޮޕަރޭޝަން ކުރެއްވުމަށް ޖެހިވަޑައިގަތުމުންނެވެ. އެއީ ފެބްރުއަރީ 25، 2022 ގައެވެ. އެ ދުވަހުގެ ފަތިހު 5:50 ގައި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމަށް ހުވާ ނާއިބު ރައީސް ވަނީ ކުރައްވާފަ އެވެ. ނަމަވެސް ތިން ގަޑިއިރާއި 40 މިނެޓް ފަހުން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ރައީސް ސޯލިހް އަލުން ހަވާލުވެވަޑައިގެންފައިވާކަން އިއުލާނު ކުރެއްވި އެވެ.
ރާއްޖޭގައި ހުވާ ކޮށްގެން ތިއްބެވި ދެ ރައީސުންގެ އެބަ ތިއްބެވި ކަމަށާ އެކަމާއި ގުޅިގެން އުފެދިފައިވާ ގާނޫނީ މައްސަލައަކަށް ސުޕްރީމް ކޯޓުން ގޮތްތަކެއް ކަނޑައަޅުއްވައި ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް / އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުއްގައްޔޫމް ވެސް ކުރީން ވަނީ ވިދާޅުވެފަ އެވެ.މިކަން ހިނގިތާ އަހަރެއް ވެފައި ވަނިކޮށް މިއަދު އެ ކޯލިޝަންގެ ލީޑަޝިޕާއި، ކޯލިޝަންގެ ލީޑާޝިޕުން ވަނީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ރައީސަކީ ކާކުކަން ނޭނގޭތީ ސުޕްރީމް ކޯޓަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ