ޖޭޕީގެ ލީޑަރުކަމަށް ގާސިމް، ޑެޕިއުޓީ ލީޑަރު ކަމަށް ނަހުލާ ކުރިމަތި ލައްވައިފި

ޖުމްހޫރީ ޕާޓީގެ ހަތަރުވަނަ ގައުމީ މަޖިލީހުން އިންތިހާބުކުރާ އެ ޕާޓީގެ ލީޑަރު ކަމަށް މިހާރުވެސް އެމަގާމުގައި ހުންނެވި ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ކުރިމަތިލައްވައިފި އެވެ.
ޖޭޕީގެ ލީޑަރު ކަމަށް ގާސިމް ކުރިމަތިލެއްވި އިރު ޕާޓީ ސްލޮޓެއްގައި ޓްރާންސްޕޯޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އެ ޕާޓީގެ ކައުންސިލް މެމްބަރު އަދި ގާސިމްގެ އަނބިކަބަލުން އައިޝަތު ނަހުލާ ވަނީ ޑެޕިއުޓީ ލީޑަރު ކަމަށް ކުރިމަތި ލައްވާފަ އެވެ.
ގާސިމްގެ ދެކަނބަލުން ޖޭޕީގެ ލީޑާޝިޕް އިންތިހާބުގައި ވާދަކުރައްވާ ކަން އެ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު ވަނީ މިއަދު ކަށަވަރުކޮށްދެއްވާފަ އެވެ.
އަލީ ސޯލިހު ވިދާޅުވިގޮތުގައި ނަހުލާގެ އިތުރުން ޖޭޕީގެ ޑެޕިއުޓީ ލީޑަރު ކަމަށް މިހާތަނަށް 11 ބޭފުޅަކު ކުރިމަތިލައްވާފައިވެ އެވެ. އެބޭފުޅުންނަކީ:
މި އިންތިހާބު އޮންނާނީ މިމަހުގެ 24 އިން 25 އަށް ދަރުބާރުގޭގައި ބާއްވަން ހަމަޖެހިފައިވާ ޖޭޕީގެ ކޮންގްރެސްގަ އެވެ. ލީޑާޝިޕްގެ މަގާމުތައް ބެހިގެންދާއިރު ޕާޓީގެ ލީޑަރަކާއި ނައިބު ލީޑަރުންގެ ފަސް ބޭފުޅުންނާއި ޒުވާނުންގެ ކޮމިޓީއަށް ފަސް މެންބަރަކާއި އަންހެނުން ގޮފީގެ ފަސް މެންބަރެއް އަދި އިތުރު 25 ކައުންސިލް މެންބަރަކު އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީން އަމަލު ކުރާނެ ގޮތެއްވެސް ނިންމާނީ އެ ކޮންގްރެސް އިން ކަމަށް ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަދި ޖޭޕީގެ ސެކްރެޓަރީ ޖެނަރަލް އަލީ އާރިފް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ