ގާސިމް މަރާލި އަދުހަމަށް މަރުގެ ހުކުމް

ދެހާސް ނަވާރައިގެ ތެރޭގައި ހުޅުމާލޭގައި މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ ގާތިލު އަދުހަމް މުޙައްމަދު މެރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ގާސިމް މަރާލީ ޑިސެމްބަރު 4، 2019 ގަ އެވެ. އެ މައްސަލައިގައި ޅ. ހިންނަވަރުު، ބޮޑުހިޔާގެ، އަދުހަމް ހައްޔަރުކުރީ އޭގެ 15 ދުވަސް ފަހުން ޑިސެމްބަރު 19، 2019 ގަ އެވެ.
އަދުހަމްގެ މައްޗަށް އުފުލި ގަސްދުގައި މީހަކު މެރުމުގެ ދައުވާ ސާބިތުވާކަމަށް ހުކުމްކޮށްފައި ވަނީ މިދޔަ މަހުގެ 19 ގަ އެވެ. އެ
ގާސިމް މަރާލަން އަދުހަމް، ގާސިމްގެ ކަރަށް ވަޅި ހަރާފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ނިޔަތުގައި ނޫން ކަމަށް ބުނި ނަމަވެސް އޭނާގެ އަމަލުތަކުންނާއި ވަޅިހެރުމަށް ފަހު، ކުށުގެ ވެށިން ފިލުމަށް ކުރި މަސައްކަތުންވެ ސް އެއީ އޭނާ ގަސްތުގައި ކޮށްފައިވާ ކަމެއްކަން ހާމަވާކަމަށް ހުކުމުގައިވެ އެވެ. އަދި އޭނާ ހުރީ އެ ވަގުތު މަސްތުގެ ހާލަތުގައި ކަމަށް ބުނި ނަމަވެސް އޭނާ ކުރި ޢަމަލުގެ ނަތީޖާ ނުވިސްނޭ ހާލަތުގައި ނޫން ކަމަށްވެސް އަދުހަމަށް ހުކުމް އިއްވަމުން ގާޒީ ވިދާޅުވި އެވެ.
އަދުހަަމް މަރަން ކުރި ހުކުމް އޭނާ އިސްތިއުނާފު ނުކޮށްފި ނަމަ ދައުލަތުން އެމައްސަލަ ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ހުށަހަޅާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ