މޫސުން: ދެކުނާއި މެދުރާއްޖެތެރަށް ވިއްސާރަކުރާނެ

ކުރިއަށް އޮތް 24 ގަޑިއިރު، ރާއްޖޭގެ ދެކުނާއި މެދުރާއްޖެތެރަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން ލަފާކޮށްފިއެވެ.
މެޓުން "ވީނިއުސް"އަށް ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު، ރާއްޖޭގެ ދެކުނާއި މެދުރާއްޖެތެރަށް ވިއްސާރަކުރާނެ ކަމަށާއި އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެ ކަމަށް ލަފާކުރެވޭ ކަަމަށެވެ. ބައެއް ވަގުތުތަކުގައި ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމަކީ އެކަށީގެންވާ ކަމެއް ކަމެއް ކަމަށް މެޓުން ބުނެއެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ވަޔާއި ކަނޑު މަޑުވާނެ ކަމަށް މެޓުން ލަފާކުރެއެވެ.
ކޮންމެ އަހަރެއްގެވެސް ފެބްރުވަރީ، މާރިޗު، އޭޕްރިލް އަދި މެއި، މި ހަތަރު މަހަކީ ރާއްޖެއަށް ހޫނުގަދަ ދުވަސްވަރެކެވެ.
މޫސުމަށް ސަމާލުވުމަށް މިވަގުތު އެލާޓެއް ނެރެފައި ނެތް ނަމަވެސް، ކަނޑުދަތުރުކުރައްވާ ނަމަ ދަތުރަށް ފެށުމުގެ ކުރިން އަބަދުވެސް އެންމެ ފަހުގެ މޫސުމީ މައުލޫމާތު މެޓު އޮފީހުން އޮޅުންފިލުވުން އެދެވިގެންވެއެވެ.
ކޮންމެ ދުވަހެއްގެ މޫސުމާބެހޭ މަޢުލޫމާތުތައް އާއްމުންނާ ހަމައަށް ތާޒާކޮށް ގެނެސްދިނުމަށް މެޓް އޮފީހުން މުހިންމު މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން މޫސުމީ މަޢުލޫމާތު ގެނެސްދިނުމަށް މެޓް އޮފީހުގައި ސްޓޫޑިއޯއެއް ހަދާ، އެ މަޢުލޫމަތު ވީޑިއޯ ހިމެނޭހެން މީޑިއާތަކަށް ދަނީ ފޯރުކޮށްދެމުންނެވެ.
އަދި ކޮމިއުނިޓީ ވައިބަރ ގްރޫޕާ އަދި ވެބްސައިޓް މެދުވެރިކޮށް މި މަޢުލޫމާތުތައް އަބަދުވެސް ދަނީ އަޕްޑޭޓްކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ