އޯއޭސީޕީއެސްގެ ފުރިހަމަ މެމްބަރު ގައުމަކަށް ރާއްޖެ ވެއްޖެ

އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ ފުރިހަމަ މެމްބަޝިޕް ރާއްޖެއަށް ދީފިއެވެ. ރާއްޖެއަށް އެ ޖަމިއްޔާގެ މެމްބަރުކަން ދޭން ނިންމީ، އެންގޯލާގެ ލުއާންޑާގައި މި މަހު ހަޔަކުން އިއްޔެގެ ނިޔަލަށް އޮތް އެ ޖަމިއްޔާގެ 10 ވަނަ ސަމިޓުގައެވެ. އެގޮތުން އެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރު ހުރިހާ ގައުމަކުން ވެސް ވަނީ އެ ޖަމިއްޔާގެ ފުރިހަމަ މެމްބަރު ގައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅުމަށް ތާއީދުކޮށްފައެވެ. އެއާއެކު އެ ޖަމިއްޔާގެ މެމްބަރު ގައުމުތަކުން ސޮއިކުރާ، ރިވައިސްޑް ޖޯޖްޓައުން އެގްރީމެންޓުގެ ކަންކަމަށް ރާއްޖެއިން ވެސް ވަނީ އެއްބަސްވެފައެވެ. https://twitter.com/abdulla_shahid/status/1601279835698958336?s=52&t=_W4aBC_6GmN-xCvz_cjY_Q އިއްޔެގެ ނިޔަލަށް އޮތް އެ ޖަމިއްޔާގެ ސަމިޓުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިސްވެ ހުންނަވައި، ރާއްޖޭގެ ވަފުދެއް ވެސް ބައިވެރިވެފަައިވެއެވެ. މި ސަމިޓުގެ ހަވާސާ ބައްދަލުވުންތަކުގެ ތެރެއިން މިނިސްޓަރު ޝާހިދު ގިނަ ގައުމުތަކެއްގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފައިވެއެވެ. އޯއޭސީޕީއެސްގެ މެމްބަރު ގައުމަކަށް ވުމަށް ރާއްޖެއިން ހުށަހެޅީ، މިދިޔަ އަހަރުގެ ނޮވެމްބަރުގައެވެ. އޭގެ ފަހުން މި އަހަރު އެ ޖަމިއްޔާގެ އޮބްޒާވާ ސްޓޭޓަސް ވަނީ ދީފައެވެ. އޯއޭސީޕީއެސްގެ މެމްބަރު ގައުމުތަކުގެ ގޮތުގައި 79 ގައުމެއް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ