އއ. ތޮއްޑޫއާއި އެއަތޮޅު އުކުޅަހުގައި އެމްއެންޑީއެފުން ބާއްވަން ހަމަޖެހިފައިވާ ޕެރޭޑަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެ ދެރަށަށް ވަޑައިގަންނަވާގޮތައް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނެފިއެވެ.
މިއަދު ތޮއްޑޫގައި ބާއްވާ ޕެރޭޑަކީ، ތޮއްޑޫ ސްކޫލަށް 55 އަހަރު ފުރުމުގެ މުނާސަބަތުގައި، ތޮއްޑޫ ކައުންސިލުގެ އެދިލެއްވުމަކަށް އެމްއެންޑީއެފުން ބާއްވާ ޕެރޭޑެކެވެ. އަދި ތޮއްޑޫގައި ބާއްވާ ޕެރޭޑަށްފަހު، އެއަަތޮޅު އުކުޅަހު ކައުންސިލުގެ އެދިލެއްވުމަކަށް މާދަމާ އެ ރަށުގައި ވެސް ޕެރޭޑް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ދެ ރަށުގައި ޕެރޭޑް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 16:30 ގައެވެ.
ޕެރޭޑްގެ ތެރެއިން، އެމްއެންޑީއެފް އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ މިލިޓަރީ ބޭންޑުން ރާގު ކުޅޭގޮތައް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
ތޮއްޑުއާއި އުކުޅަހުގައި ޕެރޭޑް ކުރިއަށްގެންދާއިރު ޑިފެންސް މިނިސްޓަރ މާރިޔާގެ އިތުރުން އެމްއެންޑީއެފްގެ ލީޑަރޝިޕުން އެ ދެ ރަށަށް ވަޑައިގެން، ޕެރޭޑް ބައްލަވާލެއްވުމަށްވަނީ ހަމަޖެހިފައެވެ.
އެމްއެންޑީއެފުން ބާއްވާ މިލިޓަރީ ޕެރޭޑްތަކަކީ ވަރަށް ގިނަ ރައްޔިތުންގެ ތަރުހީބު ލިބެމުންދާ އަދި އެ ހަރަކާތްތައް ބަލާލުމަށް ބޭނުންވާ ޙަރަކާތްތަކެއްކަމުން ޕެރޭޑްތައް އާއްމުކޮށް ބާއްވަމުންދާ މާލޭގެ އިތުރުން އަތޮޅުތަކުގެ ރަށްރަށުގައި ޕެރޭޑްތައް ބޭއްވުން ވަނީ ބޮޑުތަން އިތުރުކޮށްފައިކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.
އެމްއެންޑީއެފްއިން ބުނީ އެ މުއައްސަސާގެ ލީޑަރޝިޕުގެ ވިސްނުންހުރީ ވަގުތު ލިބުނު ވަރަކުން މި ފަދަ ހަރަކާތްތައް ޖަޒީރާވަންތަ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންނާ ކައިރިއަށް ގެންގޮސް، ގިނަ ބަޔަކަށް މި ހަރަކާތްތައް ދައްކާލުންކަމަށެވެ.
މިއަދު ހަވީރު ތޮއްޑޫގައި ބާއްވާ ޕެރޭޑަށް މިނިސްޓަރ މާރިޔާ ވަޑައިގަންނަވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ