ފުނަދޫގައި 36 އަހަރު ވަންދެން ރައްޔިތުން ހިންގި އިންޖީނުގެ ފެނަކައާ ހަވާލުކޮށްފި

ށ. ފުނަދޫގެ ރައްޔިތުން އެރަށުގައި 36 އަހަރު ވަންދެން ހިންގަމުން އައި އިންޖީނުގޭގެ ފެނަކައާ ހަވާލުކޮށްފި އެވެ. ފެނަކައިން ބުނީ މިއީ ރަށްރަށުގައި އެ ކުންފުނިން ދެމުންދާ ޒަމާނީ ދެމެހެއްޓެނިވި ފުރިހަމަ ހިދުމަތްތަކުން ލިބުނު އިތުބާރުގެ މައްޗަށް އެރަށު ރައްޔިތުން ނިންމި ނިންމުމެއް ކަމަށެވެ.
މި ނިންމުމާ އެކު ށ. އަތޮޅުގެ އެހެން ހުރިހާ ރަށްތަކޭ ވެސް އެއްގޮތަށް ފުނަދޫގެ ކަރަންޓު ހިދުމަތަށް ވެސް އިންގިލާބީ ބަދަލެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފެނަކަ އިން ބުންޏެވެ.
އެ ރަށަށް ބޭނުންވާ ކަރަންޓުގެ ހިދުމަތް މެދުނުކެނޑި ދިނުމަށް ފެނަކައިން ވަނީ 600 ކިލޯވޮޓްގެ ޖަނަރޭޓަރަކާއި 800 ކިލޯވޮޓްގެ ޖެނެރޭޓަރެއް ފުނަދުއަށް ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ފެނަކައިން މައުލޫމާތުދެ އެވެ.
އިންޖީނުގެ ރަސްމީކޮށް ހަވާލުކުރުމަށް އިއްޔެ ފުނަދޫގައި ބޭއްވި ޖަލްސާގައި ފެނަކައިގެ ބައެއް އިސްވެރިންނާއެކު ފުނަދޫ ގިނަ ރައްޔިތުން ބައިވެރިވި އެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ