ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ މިދިޔަ ހަފްތާގައި އަވާހަރުވުމާ ގުޅިގެން އެ ދާއިރާގެ ބައި-އިލެކްޝަން އަންނަ އޭޕްރީލް 15ގައި ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް 'ދައުރު'އަށް ވިދާޅުވީ، އޭޕްރީލް 15ގައި ބައި-އިލެކްޝަން ބާއްވަން އީސީން ނިންމީ އެ ކޮމިޝަނުން ދެންމެއަކު ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ. އެކަމުގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ތަފްސީލް - މިދިޔަ އަހަރުން ފެށިގެން ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދެވި ރިޒާ އަވަހާރަވީ ފަރުވާ ހޯއްދަވަން މެލޭޝިޔާގައި ހުންނަވަނިކޮށް މިދިޔަ ބުދަ ދުވަހުގެ ރެ އެވެ.
އެނގުން މުހިންމު - މެމްބަރަކު އަވަހަރަވެއްޖެ ނަމަ:
ހަ ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން އިއުލާންކުރުމަކީ އީސީގެ މައްޗަށް ގާނޫނު ލާޒިމްކުރާ ކަމެއް
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އަންނަ އަންގާރަ ދުވަހުގެ ކުރިން އިއުލާނު ކުރަން ޖެހޭނެ
ގުޅުން ހުރި ކަމެއް - މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެން ވަހީދު ވެސް 2021 ވަނަ އަހަރު އަވަހާރަވީ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އޭނާ ދެ އަހަރު ވާންދެން އެ ބައްޔަށް ފަރުވާ ހޯއްދެވި އެވެ.
އެ ފަހަރު ބޭއްވި ބައި-އިލެކްޝަން ކާމިޔާބުކުރެއްވީ އެމްޑީޕީގެ މުހައްމަދު ރާޝިދެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން 15 އޭޕްރީލްގައި ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ