މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

މާލޭގެ ބައެއް ސަރަހައްދުތަކުން މިރޭ ކަރަންޓް ކެނޑިއްޖެ އެވެ.
ކަރަންޓް ކެނޑުނީ މާފަންނާއި ހެންވޭރުގެ ބައެއް ތަންތަނުންނެވެ.
ސްޓެލްކޯ އިން ބުނީ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ހެދި ކަމަށެވެ. އެ މައްސަލަ ދެނެގަނެ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި. މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މާފަށް އެދެން.
"ދެ އިންޖީނެއް ނިވިގެން ކަރަންޓު ކެނޑުނީ. އިރާދަކުރެއްވިއްޔާ އިރުކޮޅެއް ތެރޭ، ކަރަންޓު ކެނޑިފައިވާ ސަރަހައްދުތަކަށް އަލުން ކަރަންޓުގެ ހިދުމަތް ލިބޭނެ،" ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ދޭތެރެދޭތެރެއިން މާލޭގެ ބައެއް އަވަށްތަކުން ކަރަންޓް ކެނޑެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ