ސޯލިހު ވެސް އިންޑިއާއަށް ވަޑައިގެންފި

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވެސް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފި އެވެ.
ސޯލިހު އިންޑިއާއަށް ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގަ އެވެ. ނަމަވެސް މި ދަތުރުފުޅާއި ގުޅޭ އިތުރު މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.
ސޯލިހު އިންޑިއާއަށް ވަޑައިގެންފައިވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ރަސްމީ ދަތުރުފުޅެއްގައި މިހާރު ހުންނެވީ އިންޑިއާގަ އެވެ. ނަޝީދު އިންޑިއާއަށް ވަޑައިގެންނެވީ 'އިންޑިއަން އޯޝަން ރީޖަން އިން އަ ޓްރާންސްފޮމޭޓިން ވޯލްޑް' ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށެވެ.
ނަޝީދާއި ސޯލިހު އިންޑިއާއަށް ވަޑައިގެންފައިވާއިރު، އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބާއި އެކު، ޕާޓީގެ އެތެރޭގެ ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ. ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވަނީ ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ