ޗުއަމެނީ އާއި ވަލްވާޑޭއާ ދެމެދު ހިނގި ކުރިމަތިލުމެއްގައި ވަލްވާޑޭ ބޮލަށް ސީރިއަސް އަނިޔާތަކެއްލިބި ހޮސްޕިޓަލުގައި އެޑްމިޑްކޮށްގެން ފަރުވާދީފި އެމްއައިބީން ތޮއްޑޫގައި އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި ބަދަހި ގައުމެއް ބިނާކުރެވޭނީ ތެލެސީމިއާ އާއިލާތަކަށް އެ

ޗެލްސީގެ ކޯލްޕާމާ ކުޑައިރު ސަޕޯޓްކުރި މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން އުޅޭކަމުގެ އަޑުތައް މިދުވަސްވަރު ވަނީ ގަދަވެފައެވެ. ނަމަވެސް، ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ޕާމާ ހޯދުމަށް މަސައްކަތް ނުކުރުމަށް މެންޗެސްޓާ ޔުނައިޓެޑުން މިހާރު ވަނީ ނިންމާފައިކަމަށް ބައެއް މީޑިއާތަކުން މައުލޫމާތު ދީފިއެވެ.
ޔުނައިޓެޑްގެ އިސްވެރިން ޕާމާގެ ހުނަރަށް ތައުރީފު ކުރި ނަމަވެސް، މިވަގުތު އޭނާ ހޯދުމަކީ ކްލަބުން އެންމެ އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް ވަނީ ކަނޑައަޅާފައެވެ. ޗެލްސީން އެފް.އޭ ކަޕް ފައިނަލަށް ދަތުރުކުރި ނަމަވެސް، މި ސީޒަނުގައި ދެ ކޯޗުން ބަދަލުކޮށް، ވިދިވިދިގެން ހަ މެޗުން ބަލިވުމާ ގުޅިގެން ޕާމާ ހުރީ ސްޓެމްފޯޑް ބްރިޖުގައި ހިތްހަމަނުޖެހިފައި ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. މި ނަތީޖާތަކާއެކު ޗެލްސީއަށް ޗެމްޕިއަންސް ލީގު ގެއްލިފައިވާއިރު، ރުބެން އަމޮރިމް ވަކިވި ފަހުން ޔުނައިޓެޑުން ދަނީ ކުރިއެރުންތަކެއް ހޯދަމުންނެވެ. އަދި ފޯމު ދަށްވުމުގެ ސަބަބުން، ތޯމަސް ޓުޗެލްގެ އިނގިރޭސި ވޯލްޑް ކަޕް ސްކޮޑުން ޕާމާއަށް ޖާގަ ލިބުމާ މެދު ވެސް ވަނީ ސުވާލު އުފެދިފައެވެ.
ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ޕާމާ ބޭނުންވަނީ އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ކުޅޭށެވެ. އަދި އޭނާ ބޮޑުވި އިރު ސަޕޯޓްކުރި ޔުނައިޓެޑަށް އެނބުރި ދިއުމަށް އޭނާ ހުރީ ތައްޔާރަށެވެ. މެންޗެސްޓާއަށް އުފަން ޕާމާ، ވަގުތީ ކޯޗު މައިކަލް ކެރިކްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ހޯދަމުންދާ ކާމިޔާބީތަކަށް ޝައުގުވެރިވާ ކަމަށް ބެލެވެއެވެ. ކެރިކް އަކީ އަންނަ ހޫނު މޫސުމުގައި ޔުނައިޓެޑްގެ ދާއިމީ ކޯޗަކަށް ވުމުގެ އެންމެ ފުރުސަތު ބޮޑު ފަރާތެވެ.
އެހެންނަމަވެސް، ޔުނައިޓެޑުން އަންނަ ސީޒަނަށް ޓީމު ވަރުގަދަކުރަން ބޭނުންވާ އެހެން މަގާމުތަކެއް އެބަހުއްޓެވެ. އަދި ބްރޫނޯ ފެނާންޑޭޒް މިހާރު ހުރި މޮޅު ފޯމަށް ބަލާއިރު، ޕާމާ ހޯދުމަށް ބޮޑު ހޭދައެއް ކުރުމަކީ ބުއްދިވެރި ކަމެއް ކަމަށް ޔުނައިޓެޑުން ނުދެކެއެވެ.
މިދިޔަ ހަފުތާގައި 24 އަހަރު ފުރުނު ޕާމާ، ޗެލްސީއާއެކު 2033 ވަނަ އަހަރާ ހަމައަށް ހަދާފައިވާ އެއްބަސްވުމުގެ ދަށުން ހަފުތާއަކު 150,000 ޕައުންޑް ލިބެއެވެ. އޭނާ ވިއްކާލުމަށް ޗެލްސީގެ ވެރިން އެއްބަސްވާނީ މަދުވެގެން 90 މިލިއަން ޕައުންޑަށް ކަމަށް ޔުނައިޓެޑަށް އެނގެއެވެ. މިދިޔަ ހޫނު މޫސުމުގައި ޔުނައިޓެޑުން ވަނީ ބެންޖަމިން ސެސްކޯ، މަތެއަސް ކޫންޏާ އަދި ބްރަޔަން އެމްބިއުމޯ ފަދަ ކުޅުންތެރިން ގެނައުމަށް ގާތްގަނޑަކަށް 210 މިލިއަން ޕައުންޑް ހޭދަކޮށްފައެވެ.
ޔުނައިޓެޑްގެ ކޯ-އޯނަރު ސަރ ޖިމް ރެޓްކްލިފް ބޭނުންވަނީ އަންނަ ހޫނު މޫސުމުގައި ދެ މިޑްފީލްޑަރުންނާއި ދެ ޑިފެންޑަރުން ގެނައުމަށެވެ. މިކަމާ ގުޅޭގޮތުން އޭނާ ވަނީ ކެރިކްއާ މަޝްވަރާކޮށްފައެވެ. ކަސެމީރޯ އާއި މެނުއަލް އުގާޓޭ ކްލަބުން ވަކިވާނެ ކަމަށް ބެލެވޭއިރު، އަނިޔާގެ މައްސަލަތައް ކުރިމަތިވެފައިވާ މަތައިސް ޑި ލިޓް ވެސް ކްލަބުން ވަކިވާނެ ކަމަށް ބެލެވެއެވެ.
ޔުނައިޓެޑުން ނުރަސްމީކޮށް އެއްބަސްވާ ގޮތުގައި، ޕާމާ އަކީ މިވަގުތު ކްލަބަށް ކޮންމެހެން ބޭނުން ނޫން، އަދި މާލީ ގޮތުން ބަލާއިރު އަތްނުފޯރާ ފަށުގައިވާ އަގުބޮޑު ކުޅުންތެރިއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ