އިލެކްޓްރޯނިކް ޕާސްޕޯޓު ޕްރިންޓުކުރަން ބޭނުންކުރާ ބުކްލެޓު ހުސްވެ، އާ ސްޓޮކް ރާއްޖެ އަށް ގެންނަން ލަސްވާތީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރަން ނިންމައިފި އެވެ.
އިމިގްރޭޝަނުން މިރޭ ނެރުނު އިއުލާނެއްގައި ބުނީ، މާދަމާއިން ފެށިގެން އޯޑިނަރީ ޕާސްޕޯޓަށް އެދި ހުށަހަޅާ މީހުންނަށް ދޫކުރާނީ "ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު" ކަމަށެވެ.
އެއީ ވެސް އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ މިންގަނޑުތަކާ އެއްގޮތަށް ފަސް އަހަރުގެ މުއްދަތަށް ދޫކުރާ މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ.
އިމިގްރޭޝަނުން ބުނީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ހެއްދުމަށް ފަހު، އެ މުއްދަތު ހަމަވުމުގެ ކުރިން އިލެކްޓްރޯނިކް ޕާސްޕޯޓަކަށް ބަދަލުކުރަން ބޭނުންވެއްޖެ ނަމަ ކެންސެލޭޝަން ފީއަކާ ނުލައި، ޕާސްޕޯޓު ބަދަލުކުރެވޭނެ ކަމަށެވެ.
ކެންސެލޭޝަން ފީގެ ގޮތުގައި 100ރ. ދައްކަންޖެހެ އެވެ.
އުމުރުން ދުވަސްވީ މީހުންނާއި 10 އަހަރުން ދަށުގެ ކުދިންނަށް މިހާރު ވެސް ދޫކުރަނީ ނޮން އިލެކްޓްރޯނިކް ޕާސްޕޯޓެވެ. އޭގެ އަގަކީ 600ރ. އެވެ. އިލެކްޓްރޯނިކް ޕާސްޕޯޓަށް 1،000ރ. ދައްކަންޖެހެ އެވެ.
ޕްރިންޓުކުރަން ބޭނުންކުރާ ބުކްލެޓު ހުސްވުމުން އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުން މެދުކަނޑާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ